12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ކާބިލް

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

  • ޔާމީ މިހާރު ތައްޔާރުވަމުން އަންނަނީ "ސަރުކާރު 3"ގެ މަންޒަރުތައް ނެގުމަށް
ސަހުބާން ފަހުމީ | sahubaan

| 14 ފެބުރުވަރީ 2017 | އަންގާރަ 15:35 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު


ރިތިކް އަދި ޔާމީ -- ގޫގުލް

ލޯފަން ދެ މީހެއްގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ކާބިލް" ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މި ފިލްމުގެ އަންހެން ބަތަލާގެ އާއިލާއިން ޕާޓީއެއް ބާއްވަން ނިންމައިފިއެވެ.

ޔާމީ ނުވަތަ ބެލުންތެރިންގެ ނަމުން ނަމަ ސުޕްރިޔާގެ އާއިލާއިން މި ޕާޓީ ބޭއްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކަށް ވެފައިވަނީ މި ފިލްމުގައި އޭނާ ކޮށްފައިވާ ބުރަ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ބޮކްސް އޮފީހުގައި 118.2 ކްރޯޑް ރުޕީސްއާއެކު ދެވަނައިގައި ވާ "ކާބިލް" އަކީ ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް ރަކޭޝް ރޯކްޝަން ޕްރޮޑިއުސްކޮށްފައިވާ، ބެލުންތެރިންގެ ހިތްތައް ކަތިލާ ފަދަ ރީތި ލޯބީގެ ފިލްމެކެވެ.

ފިލްމުގެ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ރިތިކް ރޯޝަން ފެނިގެންދާ މި ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

"ބަދްލާޕޫރު" އަދި "ސަނަމް ރޭ" ފަދަ ހިތްގައިމު ފިލްމުތަކުން ބެލުންތެރިންނަށް ފެނިގެންގޮސްފައިވާ ޔާމީ މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ދެން އަންނަން އޮތް ފިލްމުކަމުގައިވާ "ސަރްކާރް 3"ގެ ޝޫޓިންތައް ފެށުމަށެވެ. އެހެންނަމަވެސް ޝޫޓިންތައް ފެށުމުގެ ކުރިން ޗަންދިގަރްގައި ވާ އޭނާގެ އާއިލާގެ މެންބަރުންނާއި ގާތްތިމާގެ މީހުން އަދި އެކުވެރިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން އޭނާ ބޭނުންވާކަން ފާހަގަކޮށްލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް