17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޑްރާމާ

އަހަރެން "ސާތު ނިބާނާ ސާތިޔާ" ކުޅުން ހުއްޓައެއް ނުލަން: ރޫޕަލް ޕަޓޭލް

  • ޑްރާމާ ސީރީޒް ކުޅުން ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް
ސަހުބާން ފަހުމީ | sahubaan

| 14 ފެބުރުވަރީ 2017 | އަންގާރަ 15:24 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ރޫޕާ -- ގޫގުލް

އިންޑިއާގެ މަޝްހޫރު ޓީވީ ޑްރާމާ ސީރީސްއެއް ކަމަށްވާ "ސާތު ނިބާނާ ސާތިޔާ" ގައި ފެނިގެންދާ ރޫޕަލް ޕަޓޭލް، ބެލުންތެރިންގެ ނަމުން ނަމަ "ކޯކީލާ"، މި ޑްރާމާ ކުޅުން ހުއްޓާލަން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

އެހެންނަމަވެސް "ކޯކީލާ" ނުވަތަ ރޫޕަލް ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އިންޑިއަން އެކްސްޕްރެސްއާ ވާހަކަދައްކަމުން ކޮކީލާ ބުނެފައިވަނީ އޭނާ މި ޑްރާމާ ހުއްޓާނުލާނެ ކަމަށާއި ޗެނަލްގެ ފަރާތުން، އަދި މި ޑްރާމާގެ ޕްރޮޑަކްޝަން ޓީމް "ރަޝާމީ ޓެލެފިލްމްސް" ގެ ފަރާތުން ވެސް މިކަހަލަ އެއްވެސް މަޢުލޫމާތެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.

ހަމައެހެންމެ އޭނާ ބުނެފައިވަނީ މި ޑްރާމާ ސީރީޒް ކުޅުން ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ފާއިތުވެގެން ދިޔަ ހަތް އަހަރު ވެސް އަދި މިއަދު ވެސް އޭނާ " ކޯކީލާ" ރޯލް ކުޅެމުން އައީ އަދި ކުޅެމުން އަންނަނީ ވަރަށް އުފަލާއެކު ހިތްހަމަޖެހިގެންހުރެ ކަމަށެވެ.

ރޫޕަލް ބުނެފައިވަނީ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ އެކި ކަހަލަ ދިގު ޑުރާމާ ސީރީޒްތަކާއި އެކި ކަހަލަ ކެރެކްޓާތައް ކުޅުމަށް އާދަވެފައިވާ ކަމަށެވެ. ނަމަވެސް ބައެއް ކެރެކްޓާތަކަކީ މުޅި އުމުރުދުވަހުގެ ރޯލްތަކެއް ކަމަށެވެ. އެގޮތުން "ސާތު ނިބާނާ ސާތިޔާ"ގައި އޭނާ ކުޅެމުން އަންނަ " ކޮކީލާ" ގެ ރޯލަކީ އެފަދަ ރޯލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ރޫޕަލް ބުނެފައި ވަނީ "ސާތު ނިބާނާ ސާތިޔާ"ގެ ޕްރޮޑަކްޝަން ޓީމުން އޭނާގެ ކެރެކްޓާ މަރާލުމަކީ ޑްރާމާގެ ކުރިއެރުމަށް ކުރާ ކަމެއް ނަމަ، އެކަން އުފަލާއި ހިނިތުންވުމާއެކު އޭނާ ޤަބޫލުކުރާނެ ކަމަށެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް