23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

މީރާގެ ތަފާސް ހިސާބުތައް

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

  • ޖެނުއަރީ މަހު 2.2 ބިލިއަން ރުފިޔާ މީރާ އަށް ވަނީ ލިބިފަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 14 ފެބުރުވަރީ 2017 | އަންގާރަ 14:19 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


މީރާ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ވޭތުވެދިޔަ ޖަނުއަރީ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މިރާ އިން ބުނީ މިއީ މަހެއްގެ ތެރޭގައި އެންމެ ގިނަ ފައިސާ މިހާތަނަށް އެއޮތޯރިޓީން ބަލައިގަތް ފަހަރު ކަމަށެވެ.

މީރާގެ ތަފާސްހިސާބުގައި ވާގޮތުން، މި އަދަދަކީ 2016 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު  27.2 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ ނިމިދިޔަ ޖަނުއަރީގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 26.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާ އިން ބުނެއެވެ.

މީރާގެ އާމްދަނީ މިހާ ބޮޑުވެފައިވަނީ ބީޕީޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އަދަދު އިތުރުވުމުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ޖަނުއަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީ އެވެ. އެގޮތުން ބީޕީޓީގެ ގޮތުގައި 943.88 މިލިއަން ރުފިޔާ މީރާ އަށް ބަލައިގަނެފައިވާ އިރު މިއީ ޖެނުއަރީގެ އާމްދަނީގެ 43.2 ޕަސެންޓް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 742.64 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ ޖެނުއަރީގައި ލިބުނު އާމްދަނީގެ 34 ޕަސެންޓް ކަމަށް މީރާ އިން ބުނެއެވެ. މިދިޔަ ޖެނުއަރީ މަހު އެއަރޕޯޓް ސަރވިސް ޗާޖް 66.28 މިލިއަން ރުފިޔާ ލިބުނު އިރު ޓޫރިޒަމް ލޭންޑް ރެންޓް 60.94 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެހެނިހެން ޓެކްސްގެ ގޮތުގައި މީރާ އަށް ވަނީ  178.76 މިލިއަން ރުފިޔާ ލިބިފަ އެވެ.

ޖެނުއަރީ 2017 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 66.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް