25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސައުދީ އަރަބިއްޔާ

2019: ސައުދީއަށް މުނިފޫހިފިލުވުމުގެ އަހަރަށް

  • ފުރަތަމަ ފަހަރަށް ސައުދީގެ ފިލްމު ދެއްކުން ފެށީ 30 އަހަރަށްފަހު މިދިޔަ އަހަރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 23 ޖެނުއަރީ 2019 | ބުދަ 10:58 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ޓާކީ އަލް ޝެއިޚް -- އެރަބް ނިއުސް

މި އަހަރަކީ ސައުދީ އަރަބިއްޔާއަށް މުނިފޫހިފިލުވުމުގެ އަހަރަކަށް ވާނެ ކަމަށް އެ ގައުމުގެ ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޖީ (ޖީއީއޭ)  ޓާކީ އަލް ޝެއިޚް ވިދާޅުވެއްޖެއެވެ.

ރިޔާޒުގެ ފޯ ސީޒަންސް ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޖީ (ޖީއީއޭ) ޓާކީ އަލް ޝެއިޚް އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ އަމާޒަކީ އެ ގައުމަކީ ދުނިޔޭގެ މުނިފޫހުފިލުވުމުގެ އެންމެ މަގުބޫލު 10 ގައުމުތަކުގެ ތެރެއަށް ސައުދީވުން ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް މުނިފޫހިފިލުވައި ދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ އެގައުމާއި ގައުމުން ބޭރުގެ 100 ފަރާތްތަކަށް ފުރުސަތު ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތަކަށް މުނިފޫހިފިލުވައިދިނުމުގެ ހަރަކާތްތަކަށް ހުއްދަ ދިނުން ހިމެނެއެވެ. މުނިފޫހިފިލުވުމުގެ ހަރަކާތައް ހިންގުމަށް ކޮންޓްރެކްޓްގައި ސޮއިކުރި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ތެރޭގައި ބްރޯޑްވޭ އެންޓަޓެއިންމަންޓް ގުރޫޕާއި، އިޓަލީގެ ބާލިކް ވާލްޑްވައިޑް އެންޓަޓެއިންމެންޓް ޝޯސްއާއި، ޖަޕާނުގެ އެވެކްސް ގްރޫޕް ހިމެނެއެވެ.

މިއަހަރަކީ ސައުދީއަށް މުނިފޫހިފިލުވުމުގެ އަހަރެއް ކަމަށް ވިޔަސް އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން ހިންގާނީ ދީނީ ހަރަކާތަތްކެވެ. އޭގެތެރޭގައި ޤުރުއާން ކިޔެވުމުގެ މުބާރާތާއި ބަންގިގޮވުމުގެ މުބާރާތްތައް ހިމެނެއެވެ.

އާންމުކޮށް ފިލްމު ދެއްކުން ގާތްގަނޑަކަށް 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް އޮތް އޮތުން ނިމުމަކަށް ގެނެސް ސައުދީ އަރަބިއްޔާގައި ސިނަމާއެއް ހަދައި ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18 ގައެވެ. ސައުދީއިން ސިނަމާތަކުގައި ފިލްމު ދެއްކުން މަނާކޮށްފައި ވަނީ 1980 ގެ ތެރޭގައެވެ. އެހެން ނަމަވެސް އެކަން ނިމުމަކަށް ގެނެސްފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 ގެ ދަށުން ސައުދީ އަރަބިއްޔާ އަށް ގެންނަމުންދާ ބަދަލު ތަކުގެ ދަށުންނެވެ. ސައުދީ ސަރުކާރުން އުއްމީދު ކުރަނީ ސިނަމާގެ ޚިދުމަތުގެ ތެރެއިން ސައުދީ އިގްތިސާދަށް 24 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި ތިރީސް ހާސް ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް