18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރ. މާކުރަތު

މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ

  • އިންޖީނުގެ ގެއަށް ތެޔޮ ދޫކުރަނީ މަގުމަތީގައި ހޮޅިއަޅައިގެން
  • މިމައްސަލަ އީޕީއޭއަށް ހުށަހަޅާނަން
އަމްނާ އިމާދު | @amnabinthimad

| 22 ޖެނުއަރީ 2019 | އަންގާރަ 22:48 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


މާކުރަތަށް ތެޔޮ ހިފައިގެން ދިޔަ ބޯޓު -- ރާއްޖެއެމްވީ

ރ. މާކުރަތުގައި ފެނަކައިން ހިންގަމުން ގެންދާ އިންޖީނުގެއަށް ދޫކުރި ގިނަ އަދަދެއްގެ ތެޔޮ އެރަށު މަގުމައްޗަށް ބޭރުވެއްޖެއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ ދޭތެރެ ދޭތެރެއިން މަގުމައްޗަށް ތެޔޮ ބޭރުވަމުންދާ ކަމަށާއި، އަންގާރަ ދުވަހު 300 ލީޓަރަށް ވުރެ ގިނަ ތެޔޮ މަގުމައްޗަށް ބޭރުވެފައިވާ ކަމަށެވެ.

ހަސަން ވިދާޅުވީ އެރަށުގެ އިންޖީނުގެ ގެއަށް ތެޔޮ ދޫކުރަނީ މަގުމަތީގައި ހޮޅިއަޅައިގެން ކަމަށާއި، ހޮޅިތައް ހުންނަނީ އެއްހޮޅިއާ އަނެއް ހޮޅި ގުޅުވާފައި ކަމަށެވެ. އަދި ތެޔޮ މަގުމައްޗަށް ބޭރުވީ ކަމަށް ބޮޑަށް ބެލެވެނީ ހޮޅިފައިގެން ގޮސްގެން ކަމަށެވެ.

"ތެޔޮބޯޓުން އިންޖީނުގެއަށް ހޮޅިއަޅާގެން މިމަސައްކަތް ކުރަނީ. މިދޭތެރޭގަ 500 ފޫޓާ 600 ފޫޓުގެ ދުރުމިނެއް ހުންނާނެ.'' ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ ތެޔޮ މަގުމައްޗަށް ބޭރުވާ މައްސަލައަކީ ރަށުގެ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަން ހައްލު ކުރުމަށް އެރަށުގެ ފެނަކާ ހަވާލުވެ ހުންނެވި އިސްފަރާތާއި މަޝްވަރާ ކުރި ނަމަވެސް ހައްލުވެފައިނުވާ ކަމަށެވެ.

މަގުމައްޗަށް ތެޔޮ ބޭރުވެފައި

މަގުމައްޗަށް ތެޔޮ ބޭރުވުމަކީ ނާޒުކު ފެންފަށަލައަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމެއްކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ މިމައްސަލަ ބަލައިދިނުމަށް އީޕީއޭއަށް ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން މިމައްސަލަ ފެނަކަ ކޯޕްރޭޝަންގެ ހެޑް އޮފީހުގެ ސަމާލުކަމަށް ގެނެސް، ތެޔޮ އެރަށަށް ގެންނަ ކުންފުނީގެ އިސްބޭފުޅުންނާއި މިމައްސަލައަށް ހައްލު ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މާކުރަތަކީ 1331 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް