20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރައީސުލް ޖުމްހޫރިއްޔާ

ގާނޫނާއި ޚިލާފު އެއްވެސް އަމަލެއް ހިންގުމަށް ސިފައިންގެ މައްޗައް އަމުރެއް ނުކުރާނަން: ރައީސް

  • ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 22 ޖެނުއަރީ 2019 | އަންގާރަ 22:39 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


64 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތު ގައި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވަނީ -- ރައީސް އޮފީސް

ގާނޫނާއި ޚިލާފު އެއްވެސް އަމަލެއް ހިންގުމަށް ސިފައިންގެ މައްޗައް އަމުރު ނުކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، 64 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭ، އަޅުގަނޑުމެން މިގައުމަށް އައިސް މިތިބީ ގާނޫނީ ވެރިކަން ކުރުމަށް، މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފްނުވާ އެންގުންތައް، ހަމަގައިމުވެސް އަޅުގަނޑު ތިޔަ ބޭފުޅުންނަށް ގާނޫނާ ހިލާފް އަމުރުތަކެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިފައިން ވައުދުވީ އެވައުދުތައް ފުއްދުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވާންވެސް ތައްޔާރަށް ތިބުމަށް ކަމަށެވެ. ހުވަޔަކީ ހަމައެކަނި ވަޒީފާގެ މުއްދަތަށް ދެމި އޮންނަ ހުވައެއް ނޫން ކަމަށާއި އެހުވައަކީ ގައުމީ ޖިހާދަށް ނިކުތުމުގެ ފުރަތަމަ ފިޔަވަޅު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އަސާސީ ތަމްރީން ފުރިހަމަކޮށް ހުވާކުރެއްވި ސިފައިންނަކީ ވެސް، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ، ބައެއްކަން ޔަޤީންކުރައްވާކަމުގަ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ވަރުގަދަ ޢަޒުމެއްގެ މަތީގައި، ސާބިތުވެ ތިއްބެވުމަށް އަންގާރަ ދުވަހުގެރޭ ހުވާކުރެއްވި ސިފައިންނަށް ސިފައިންގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޙަޔާތުގެ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވިޔަސް، ސިފައިންގެ މީހަކަށް ވެވިއްޖެ މީހަކީ، މުޅި ޙަޔާތުގައި ވެސް ސިފައިންގެ މީހެއްކަން ހަނދާނުގައި ބަހައްޓަން ވާނެކަމަށާއި، ދިވެހި ސިފައިންގެ، 127 އަހަރުގެ މާޒީ ކަށަވަރު ކޮށްދެނީ، ދިވެހި ސިފައިންނަކީ ދުވަހަކު ވެސް، ޤައުމަށް ޣައްދާރުވާނޭ ބައެއް ނޫންކަމުގައެވެ.

"ޤައުމެއްގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ބަހާއަކީ، ކުޅަދާނަ ފަހުލަވާނުން ހިމެނޭ ލަޝްކަރެއް އޮތުން. ސިފައިންގެ އެންމެ މުހިންމު ވާޖިބަކީ ތާއަބަދު ހަނގުރާމަ ކުރުމެއް ނޫން. ހަނގުރާމައިގެ ނަޞްރުން ލިބޭ އުފަލަށް ވުރެ، މިނިވަންކަމާއި ޞުލްޙަވެރިކަން ޤާއިމުވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިފައިންނަކީ، މިނިވަންކަމާއި ޞުލްޙަވެރިކަމާއެކު ބައިނަލްއަޤުވާމީ މުޖްތަމަޢަށް، މި ރާއްޖެއަށް ނޭވާލެވޭ މައިގަނޑު ސަބަބުކަމަށާއި، ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙަ މަސްލަސްކަން ދެމެހެއްޓުމުގައި ވެސް، ސިފައިންގެ މަސައްކަތަކީ އަގު ނުކުރެވޭހާ ގިނަގުނަ މުހިންމު ޚިދުމަތްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ވެސް އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިންކަމަށާއި، އެ ވާޖިބު ފުރިހަމައަށް އަދާކޮށްދެއްވަމުން ގެންދަވާތީ، ދިވެހި ހުރިހާ ސިފައިންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެެވެ.

ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްތައްވެސް، މިހާރަށްވުރެ ހަރުދަނާކޮށް، ފަސޭހަކަމާއެކު، އަވަހަށް ޚިދުމަތް ލިބޭނެ ގޮތްތަކެއް ރާއްވަވަމުންގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން، ސިފައިންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެހެންކަމުން، ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތް، މިހާރަށް ވުރެ އަވަސް ކުރުމަށްޓަކައި، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެ ފްލެޓްތައް ނިންމުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިފައިންގެ ތަރައްޤީއާއި ހަށިހެޔޮކަމަށް އަބަދުވެސް ސަރުކާރުން މަސައްކަތް ކުރާނެކަމަށާއި ދިވެހި ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލް ބަޔަކަށް ހެދުމަށްޓަކައި، ރަޙްމަތްތެރި ޤައުމުތަކާ ގުޅިގެން، ތަމްރީންގެ އިތުރު ފުރުސަތުތައް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގައި، ދިވެހި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭނެކަމަށެވެ. އަދި ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތައް ބުނާގޮތުން، ދިވެހި ސިފައިންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެތިބުމުގެ ފިކުރާއި، ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ފިކުރާ އަދި ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެދިނުމުގެ ފިކުރު ގެންގުޅޭ ބަޔަކަށް ވާންޖެހޭނެކަމުގައި ވިދާޅުވިއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

4 ހަފްތާކުރިން

ގައުމުގެލޮބުވެތި ދަރީންނޭވެ ހޭބުއްދި ހުރިއްޔާ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ މިފަހަރު ނުދޭތި

0
0