19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މޯލްޑިވްސް އިސްލާމިކް ބޭންކް

އިސްލާމިކް ބޭންކަށް އާ މެނޭޖިންގ ޑިރެކްޓަރަށް އަބްދުލް މުހައިމިން

  • އެބޭފުޅާ މަޤާމާ ހަވާލުވެފައިވަނީ މި މަހުގެ 17 ވަނަ ދުވަހު
ސިމާހާ ނަސީމް | sim_kamana

| 22 ޖެނުއަރީ 2019 | އަންގާރަ 08:56 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


އެމްއައިބީގެ އާ މެނޭޖިންގް ޑިރެކްޓަރު އަބްދުލް މުހައިމިން -- އާކައިވް

މޯލްޑިވްސް އިސްލާމިކް ބޭންކްއަށް އާ މެނޭޖިންގް ޑިރެކްޓަރަކު އައްޔަންކޮށްފިއެވެ.

އިސްލާމިކް ބޭންކް އިން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގެ ބުނެފައިވަނީ އާ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ އަބްދުލް މުހައިމިން ކަމަށެވެ. އަދި އެ ބޭފުޅާ މަޤާމާ ހަވާލުވެ މަސައްކަތަށް ނުކުންނަވާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ މުހައިމިން މީގެ ކުރިން ވަނީ ބަންގްލަދޭޝްގައި ހުންނަ ޔުނައިޓަޑް ކޮމާޝަލް ބޭންކްގެ މެނޭޖިންގް ޑިރެކްޓަރުކަމާއި ޗީފް އެގްޒެކްޓިވް އޮފިސަރކަމުގެ މަޤާމު އަދާކުރައްވާފައެވެ.

މަޤާމާ ހަވާލުވުމަށްފަހު މުހައިމިން ވިދާޅުވީ އެމްއައިބީއާއެކު މަސައްކަތް ކުރަން ލިބުމުން އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ބޭންކިންގް ހިދުމަތް ދިނުމުގެ ޤާބިލުކަން އެބަހުރި ކަމަށާއި އެ ހިދުމަތުގެ މައި ރޯލެއް އެމްއައިބީ އިން އަދާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައިމިން އަކީ ބޭންކިންގް ދާއިރާގައި 30 އަހަރަށްވުރެ ގިނަ އަހަރު ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.

މީގެ ކުރިން އެމްއައިބީގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުންނެވީ ހާރިސް ހާރޫންއެވެ. އޭނާ ވަނީ ބޭންކް ހުޅުވި ދުވަހުން ފެށިގެން (2009 ވަނަ އަހަރުން ފެށިގެން) 2018 ވަނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް އެ ބޭންކްގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް