20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

މެކްސިކޯ

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

  • ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕާއި ދެކޮޅަށް މެކްސިކޯގައި ބާއްވަމުންދާ މުޒާހަރާތައް ރާވާ ހިންގުމުގައި 70 ވަރަކަށް ޖަމާއަތް ހިމެނޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 14 ފެބުރުވަރީ 2017 | އަންގާރަ 02:00 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މެކްސިކޯގައި ރައީސް ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަނީ -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް މެކްސިކޯގެ އެކި ސަރައްދުތަކުގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

އެގޮތުން އާދީއްތަ ދުވަހު އެކަނިވެސް މެކްސިކޯގެ 18 ސިޓީއެއްގައި ރައީސް ޓްރަމްޕާ ދެކޮޅަށް މުޒާހަރާތައް ކުރެވުނު އިރު މިއީ މެކްސިކޯގައި މިފަދަ މުޒާހަރާތައް ބާއްވަން ފެށުނު ފުރަތަމަ ފަހަރެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން އަދި މަހެއް ނުވާ ރައީސް ޓްރަމްޕްގެ ވެރިކަމާ ދެކޮޅަށް މެކްސިކޯގެ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދަނީ ރައީސް ޓްރަމްޕް ގެ ސިޔާސަތުތަކާއި ދެކޮޅަށެވެ. އެއީ އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމުގެ ސިޔާސަތާއި އިމިގްރޭޝަން ސިޔާސަތަށެވެ.

މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނަމުން ގެންދަނީ އެމީހުން އެކަން ކުރަމުން ގެންދަނީ އެމެރިކާ ރައްޔިތުންނާއި ދެކޮޅަށް ނޫން ކަމަށާ އެކަން އެމީހުން ކުރަނީ ޓްރަމްޕްގެ ސިޔާސަތާ ދެކޮޅަށް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕާއި ދެކޮޅަށް މެކްސިކޯގައި ބާއްވަމުންދާ މުޒާހަރާތައް ރާވާ ހިންގުމުގައި 70 ވަރަކަށް ޖަމާއަތް ހިމެނެއެވެ. އޭގެތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލްއާއި، މެކްސިކޯގެ ނެޝެނަލް ޔުނިވާސިޓީއާއި، ވިޔަފާރިއާއި ގުޅޭ ޖަމާއަތްތައް ހިމެނެއެވެ. އަދި ޒުވާން އެކްޓިވިސްޓުން ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް