22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

އެންމެ ބަރު އަންހެން މީހާ

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

 • ބަރުދަނުގައި 500 ކިލޯ ހުރޭ
 • އޭނާ އުފުލާފައިވަނީ ފްލައިޓްގެ ކާގޯބައިގާ ޚާއްޞަ އެނދެއްގައި
 • ހޮސްޕިޓަލަށް ގެންދިޔައީ ޓްރަކެއްގައި
އަހުމަދު މުހުސިނު | dhonbandaara

| 14 ފެބުރުވަރީ 2017 | އަންގާރަ 00:24 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


ބަރުދަނުގައި 500 ކިލޯ ހުންނަ އީމާން އިންޑިޔާއަށް ބާލަނީ -- ގޫގުލް

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާގެ ގޮތުގައި ބެލެވޭ މިސްރުގެ އީމާން އަހުމަދު ބަރުދަން ލުއިކުރުމުގެ ފަރުވާއަށް އިންޑިޔާގެ މުމްބާއީއަށް ގެނެސްފިއެވެ.

ބަރުދަނުގައި 500 ކިލޯ ހުންނަ އުމުރުން 36 އަހަރުގެ އީމާން މުބާއީއަށް ގެނައީ ހޮނިހިރު ދުވަހުއެވެ. އޭނާގެ ފަރުވާ ކުރުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ ސައިފީ ހޮސްޕިޓަލްގައެވެ.

މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ގެއިން ބޭރަށް ނެރުނު ފުރަތަމަ ފަހަރެވެ.

އިޖިޕްޓް އެއަރ ފްރެއިޓް ފްލައިޓެއްގެ ކާގޯ ބަޔަށް ލައިގެން މިސްރުން އޭނާ އިންޑިޔާގެ މުބާއީއަށް ގެނައުމަށްޓަކައި ޚާއްޞަ ގޮތްތަކަކަށް ދެޤައުމުންވެސް ވަނީ ޢަމަލް ކޮށްފައެވެ. އެގޮތުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ވަނީ އޭނާއާ އެކު ދަތުރުކޮށްފައެވެ. އެއީ ދަތުރު މަތީގައި ދިމާވެދާނެ ސިއްހީ ހާލަތަކަށް ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުންނާއި ފަސޭހަ ގޮތަކަށް ދަތުރު މަތީގެ ކަންކަން ބެލެހެއްޓުމަށް ކުރިކަމެއް ކަމަށް އޭނާގެ ޑޮކްޓަރ ޑރ މުފައްޒަލް ލަކްދަވާލާ ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ އުފުލާފައިވަނީ ދަތުރު ކުރުމުގައި ރައްކާތެރިކަމެއް ލިބިދެވޭފަދަ ގޮތަކަށް މިސްރު މީހަކު ތައްޔާރު ކުރި ޚާއްޞަ އެނދެއްގައެވެ. އަދި އޭނާއާއެކު ތަފާތު މެޝިންތަކާއި ބޭސްވެސް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ޕޯޓަބްލް ވެންޓިލޭޓަރާއި އޮކްސިޖަން ސިލިންޑަރ ފަދަ ތަކެތި ހިމެނެއެވެ.

އީމާން މުމްބާއީއަށް ބޭލުމަށްފަހު ހޮސްޕިޓަލަށް ގެންދިޔައީވެސް  ޓްރަކެއްގައި އޭނާއަށް ޚާއްޞަ އެނދެން ބަހައްޓައިގެން އެއެނދުގައި ބާއްވައިގެންނެވެ. އެ އުޅަނދު ދަތުރުކުރީ އެމްބިއުލާންސާއި ފުލުހުންގެ ފައުޖަކާވެސް އެކުގައެވެ.

ސައިފީ ހޮސްޕިޓަލްގެ އޮފިޝަލަކު ބުނީ އޭނާ ސަލާމަތްކަމާއެކު އެހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށާއި ދާދި އަވަހަށް އޭނާގެ ފަރުވާ ފަށާނެ ކަމަށެވެ. ތަފާތު އޮޕަރޭޝަން ތަކާއި އެހެނިހެން ފަރުވާތަކަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވިފައިވާއިރު ފަރުވާއާއި އޮޕރޭޝަންތައް ކުރުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް