19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޑިޕީ ޕްރައިމަރީ

ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު

  • މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީން ނަގަން ޖެހޭ
  • ހުރިހާ ކެންޑިޑޭޓުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލި
އަމްނާ އިމާދު | @amnabinthimad

| 19 ޖެނުއަރީ 2019 | ހޮނިހިރު 00:58 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ރާއްޖެ އެމްވީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލީހުގެ ޕްރައިމަރީ އިންތިޚާބު ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަކަށް އެމަނިކުފާނާ ގުޅުއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި އަހަރުގެ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީން ނަގަން ޖެހޭނެ ކަމީ އެއްވެސް ރައްޔިތަކަށް އޮޅިފައި އޮތް ކަމެއް ނޫން ކަމަށާއި، އެންމެންގެ މަސައްކަތުން ކާމިޔާބު ކުރާނެ ކަމަށެވެ.

އެމްޑީޕީ ހަރުގެ ކައިރީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕާޓީ އޮތީ އިންތިޚާބަށް ތައްޔާރުވެފައި ކަމަށާއި، ނާކާމިޔާބުވި ކެންޑިޑޭޓުން ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާ އެކު މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ ނާކާބިޔާބުވި ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ކެމްޕޭން ކުރިއަށް ގެންދިޔަ ޓީމުން ވީ އެންމެ އަވަހަކަށް އެމަނިކުފާނާ ގުޅުއްވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއިންތިޚާބު ކާމިޔާބުވާނީ ސަރުކާރުން ހިންގަވާ ފުރިހަމަ މަސައްކަތްތަކާއި ވައުދު ފުއްދަވަމުން ގެންދަވާ މިންވަރާއި އަދި އަޅުގަނޑުމެންގެ ޕާޓީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދޭ އުންމީދާ މިއެންމެ ކަންކަން އެކުވެގެން އަޅުގަނޑުމެންނަށް އިރާދަކުއްވިއްޔާ މިއިންތިޚާބު ކާމިޔާބު ކުރެއްވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަހަރުގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް އެޕާޓީގެ މެންބަރުން ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާއްދަކުރައްވައި ނަޝީދު ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓް ކާމިޔާބުކުރައްވާފައެވެ. އެމަނިކުފާނާ ވާދަކުރި އައިޝަތު އަލައިކާ ވެސް ވަނީ ޖަލްސާގައި ނަޝީދަށް ތައުރީފްކޮށްފައެވެ. އަލައިކާ ބުނީ އޭނާ ޕްރައިމަރީގައި ވާދަކުރީ ރައީސް ނަޝީދާއި އެމްޑީޕީ ތަޖުރިބާ ކޮށްލުމަށް ކަމަށާއި މި ޕްރައިމަރީއަކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އޭނާ ވަނީ ނަޝީދަށް މަޖިލީހުގައި ވާދަނުކުރެއްވޭ ގޮތް ހެދުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ހުށައަޅުއްވާފައިވާ އިސްލާހަށް ވެސް ފާޑު ކިޔާފައެވެ. އަލައިކާ ބުނީ ނަޝީދަށް ވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. އަދި އެންމެން ގުޅިގެން ނަޝީދަށް ގޮނޑި ކާމިޔާބުކޮށްދިނުމަށް އޭނާ ގޮވައިލިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް