19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޑީޕީ ޕްރައިމަރީ

ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުން މުހިއްމު: ރައީސް ސާލިހު

  • ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީގެ ބޮޑު ހިއްސާއެއް އަދާކުރީ އެމްޑީޕީން ކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 19 ޖެނުއަރީ 2019 | ހޮނިހިރު 00:29 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީގައި ވޯޓު ލެއްވުމަށް ވަޑައިގަންނަވަނީ -- އާކައިވް

 

ސަރުކާރުގެ ވައުދުތައް ފުއްދަން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ފަރާތްތަކަށް މަރުހަބާ ކިޔުމަށްޓަކައި އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަފުލާގައި ރައީސް ސޯލިހު ވިދާޅުވީ އާ ސަރުކާރެއްް ރައްޔިތުން އިންތިހާބު ކުރީ ބޮޑެތި އުންމީދުތަކަކާ އެކު ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް އޮވެގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީގެ ބޮޑުބައެއް ހިއްސާ ކުރީ އެމްޑީޕީއިން. މިކަމުގައި ބުރަކޮށް އުޅުއްވީ ތިބޭފުޅުން. އެހެން ކަމުން ރައްޔިތުން މަޖިލީހުގައި ސަރުކާރުންވެފައިވާ ވައުދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީގެ ބޮޑު ބައެއް މަޖިލީހުގައި އޮންނަން އެބަ ޖެހޭ. ރައްޔިތުންނަށް ވީ ވައުދުތަކުގެ ބޮޑު ބައެއް ފުއްދޭނީ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ހާއްސަކޮށް، އެމްޑީޕީގެ މެންބަރުންގެ ބޮޑު ބައެއް މަޖިލީހުގައި ތިބެގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޕްރައިމަރީއަށް 279 ކެންޑިޑޭޓުން ވާދަކޮށްފައި ވާއިރު، ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ ވަނީ ޑިމޮކްރެސީއަކަށް ފައްކާވެފައި ކަމަށެވެ. ރައްޔިތުން ކުރިން އޮތް ވެރިކަން ބަދަލުކުރީ، ވަރަށް ފޮނި އުއްމީދާ އެކުގައި ކަމަށާއި، ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީގެ ބޮޑު ހިއްސާއެއް އަދާކުރީ އެމްޑީޕީން ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި ކުރީގައި އޮތް ވެރިކަން ބަދަލުކުރީ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުގައި. ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބުގެ ބޮޑު ބައެއް އަދާކުރީ އެމްޑީޕީން. އެމްޑީޕީގެ ތާއީދުގެ ބޮޑު ބައެއް މަޖިލީހުގައި އޮންނަށް ޖެހޭ،" ރައީސް ވިދާޅުވިއެވެ

އެމްޑީޕީގެ ޕްރައިމަރީއަކީ ރާއްޖޭގައި ހިންގި ނަމޫނާ ސިޔާސީ ހަރަކާތެއް ކަމަށާއި ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. ޕާޓީތަކުން ވެސް ސިޔާސީ މިފަދަ ހަރަކާތްތައް ގިނަގިނައިން ހިންގަން ޖެހޭ ކަމަށާއި ޕްރައިމަރީ ބާއްވުމަކީ ރާއްޖެ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް