19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޑިޕީ ޕްރައިމަރީ

ޖާބިރުގެ ދެމަފިރިކަނބަލުންނަށް މަޖިލިސް ޓިކެޓެއް ނުލިބުނު!

  • ދިޔާނާ ވާދަ ކުރެއްވީ ވިލިނގިލި ދާއިރާގެ ޕްރައިމަރީގައި
  • ޖާބިރު ވާދަ ކުރެއްވީ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 18 ޖެނުއަރީ 2019 | ހުކުރު 23:44 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


އަބްދުﷲ ޖާބިރާއި އަނބިކަނބަލުން ދިޔާނާ ސައީދު:- ދެމަފިރިކަނބަލުން ވެސް ވެސް ޕްރައިމަރީވީ ނާކާމިޔާބު -- އާކައިވް

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު އަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެއެވެ.  

މަޖިލިސް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެ ދެމަފިރިކަނބަލުންނަށް ގެއްލުނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ނާކާމިޔާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުންނެވެ.  

މީގެ ކުރިން ވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ އަބްދުﷲ ޖާބިރު މި ފަހަރު ވެސް ވާދަ ކުރެއްވީ ކާށިދޫ ދާއިރާގެ ޓިކެޓް ހޯދެއްވުމަށް އެ ދާއިރާގެ ޕްރައިމަރީގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސުޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ޖާބިރު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވީ އަބްދުﷲ ރިއްފަތުއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.  

އަބްދުﷲ ޖާބިރުގެ މައްޗަށް ކުރި ހޯދެއްވި، އަބްދުﷲ ރިއްފަތު:- 

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ވާދަ ކުރެއްވީ ގއ. ވިލިނގިލި ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައެވެ. ނަމަވެސް ހަތަރު ކެންޑިޑޭޓުން ވާދަ ކުރެއްވި އެ އިންތިހާބުގައި ދިޔާނާއަށް ލިބިވައިގެންނެވީ މަދު ވޯޓެކެވެ.  

ދިޔާނާއަކީ މީގެ ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި ބޭފުޅެވެ. އަދި އޭނާ ވަނީ ސާކްގެ ސެކްރެޓަރީ ޖެނަރަލްގައި ކުރައްވާފައެވެ. ޖާބިރު ވަނީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާފައިއެވެ. ނަމަވެސް އެ ފަހަރު އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޖާލި

4 ހަފްތާކުރިން

ރާއްޖޭގެ 87 ދާއިރާއަށް ކުރިމަތިލާ އެތައް ބައިވަރު ކެންޑިޑޭޓުން ބަލިވިއިރު މި އެކަނި ޚަބަރަކަށްވީ ކީއްވެބާ؟

0
0