19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޑީޕީ މަޖިލިސް ޕްރައިމަރީ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

  • ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފައި ވަނީ 404 ވޯޓުން
  • ޖެހިޖެހިގެން ފަސް ދައުރު ވެސް ހިންނަވަރު ދާއިރާގެ މެންބަރަކަށް ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ހައްވާ މުހައްމަދު | @hawwimd

| 18 ޖެނުއަރީ 2019 | ހުކުރު 23:39 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ހިންނަވަރު ދާއިރާގެ ޓިކެޓް ކާމިޔަބުކުރެއްވި ޖީހާން މަހްމޫދު އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ޓްވިޓަރ

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ފާއިތުވި 25 ވަރަކަށް އަހަރު ދިފާއުކުރެއްވި ހިންނަވަރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކަށް ބޮޑު ތަފާތަކުން ޖީހާން މަހްމޫދު،  ދޭލިޔާގެ ޅ. ހިންނަވަރު ކާމިޔާބު ކޮށްފިއެވެ.

"ރަންގޮނޑީ"ގެ ގޮތުގައި މަޝްހޫރުވެފައިވާ ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފައި ވަނީ 404 ވޯޓުންނެވެ. އިބޫގެ އާއިލާ މެންބަރެއް ކަމަށްވާ ޖީހާންއާ އެންމެ ގާތުން ވާދަކޮށްފައިވާ ހިންނަވަރުގެ ޒުވާނެއް ކަމަށްވާ އާދަމް މުހައްމަދު، އާވާޒް، ޅ. ހިންވަރުއެވެ. އޭނާ އަށް 302 ވޯޓު ލިބިފައި ވެއެވެ. ތިން ވަނ އަށް ވާދަކުރީ އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް (ހަންޓަރ އަހްމަދު) އަޅިވިލާގެ ޅ. ހިންނަވަރުއެވެ. އޭނާ އަށް ލިބިފައި ވަނީ 291 ވޯޓެވެ. ހަތަރު ކެންޑިޑޭޓުން ވާދަކުރި ފޯރިގަދަ މި ޕްރައިމަރީގައި އެންމެ މަދުން ވޯޓު ލިބުނީ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރަކަށް ހުންނެވުމަށް ފަހު ޕްރައިމަރީގައި ވާދަކުރެއްވި ހުޝާމް މުހައްމަދު (ހިރިގާ ހުޝާމް) ހިރިގާ ޅ. ހިންނަވަރުއެވެ. އޭނާ އަށް ލިބިފައި ވަނީ 180 ވޯޓެވެ.

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާ ޖީހާންއަކީ އެޗްއާރްސީއެމްގެ މެމްބަރުކަން ކޮށްފައިވާ ފަރާތެކެއެވެ. އެޗްއާރްސީއެމްގެ މެމްބަރުކަން ކުރެއްވިއިރު، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި ޖީހާން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިހާރު ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. 

ހިންނަވަރުގައި ޕްރައިމަރީއެއް ބޭއްވުނު މިއީ ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގައި ޕްރައިމަރީގައި ރައީސް ސޯލިހުއާ ވާދަކުރައްވަން އެއްވެސް ކެންޑިޑޭޓަކު ނިކުމެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް