19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ކޯލިޝަން

މަޖިލިސް އިންތިޚާބަށް ޖޭޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރުވެއްޖެ!

  • ކޯލިޝަން ހަދާނެކަމުގެ އިންޒާރެއް ދެއްވީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބުރާހިމް ހުކުރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގަ
އާމިނަތު ނުޒުހާ | nuzu8121

| 18 ޖެނުއަރީ 2019 | ހުކުރު 23:31 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ގާސިމް އަދި ނަޝީދު -- ޓްވިޓަރ

މަޖިލިސް އިންތިޚާބަށް، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީން ތައްޔާރުވެއްޖެއެވެ.

އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދާނެކަމަށް ގާސިމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދަނިކޮށް ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. 

"އެމްޑީޕީ އަށް ވެރިކަން ލިބުނީމާ މިފަހަރު ވެސް ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލީމާ ޖޭޕީ އަށް މި ޖެހުނީ  ސަލާމް ޖަހަން. މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީ އާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައިން،" ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. 

މި ޓްވީޓްގެ ކުރިން އެހެން ޓްވީޓެއް ވެސް ގާސިމް ކުރައްވާފައިވެ އެވެ. އެ ޓްވީޓްގައި ގާސިމް ވިދާޅުވީ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ބުނެ ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ. ގާސިމް އިތުރަށް ވިދާޅުވީ މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީއިން ނިންމީ ކޯލިޝަންގެ އެއްބަސްވުމާއި، ވައުދާއި، އަހުދާއި ހިލާފުވެގެން ކަމަށެވެ.

ކުރީގެ ރައީސްކަން ކޮށްފައިވާ ފަރާތަކަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ޖޭޕީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ހުށަހެޅި އިސްލާހު އަނބުރާ ނަގާފައިނުވާތީ ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕަށް ބުރޫ އަރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް ގާސިމް ގެންދަވަނީ ކުރީގެ ރައީސް ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގޮބޮޅި

4 ހަފްތާކުރިން

Kobaatha magumathi kurumakeesarukaaruga mulhin thibee Qasim party kudhin dhen majilees gondithahvess Qasim ah dheynveetha

0
0
ހުސައިން ޝަމީމް

4 ހަފްތާކުރިން

ގާސިމް ތިޔަ އުޅުއްވަނީ ސިޔާސީގޮތުން އަނެއްކާވެސް އަޑިއަށް ދާން. ކައިރީގައި ތިއްބެވި ބޭފުޅުންގެ ނުފޫޒުހައި ޖެހި، ގާސިމަށް އަމިއްލަ ސިކުނޑި ބޭނުން ނުކުރެވޭވަރަށް މިހާރު ކަންކަން ގޮސްފައިވާކަން އެތެރެ ކޮއިލުން ލިބޭ މައުލޫމާތުން އެބަ ސާފުވޭ. ގައުމުގައި އަގުވެއްޓިގައި ތިއްބެވި ފަސްބައިހުތުރު ބޭފުޅުން ގާސިމްގެ ނިވަލަށް ވެއްދުމަކީ ރައްޔިތުން ގާސިމަށް ކުރާ އިތުބާރު ގެއްލިގެން ދިއުން ކަމުހައި ނޫނީ ނުވެއެވެ. ސިޔާސީ ސިކުނޑިން ވިސްނާއިރު ގާސިމްގެ ކުރިމަގު ބަނަވެދާނެކަމަށް ގިނަބަޔަކު ދަނީ ބުނަމުން.

0
0
F. Fathuhulla

4 ހަފްތާކުރިން

Gaasim moyaveetho mihaa avahah

0
0