25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ރައީސް ސޯލިހު

މެމްބަރު ލަތީފްގެ ބިލަށް ރައީސް ސޯލިހް ކަންބޮޑުވުން: އެއީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރެވޭ ކަމެއް!

  • އެކަން ބަލައި ނުގަނެވޭ ކަމަށް ރައީސް ވިދާޅުވި
އަލީ ސަމާޚް | AliSamah8

| 18 ޖެނުއަރީ 2019 | ހުކުރު 18:56 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ރައީސް ސޯލިހް -- ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހުގެ މެމްބަރުކަން ނުކުރެއްވޭ ގޮތް ހެދުމަށް ޖުމްހޫރީ ޕާޓީއަށް ނިސަބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ހުށަހެޅުއްވި ބިލާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެއްވުމަށް ފަހު، ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރާ މީހުންނަށް ހުރަސް އެޅޭ ފަދަ ކަންތައްތަކަކީ ޑިމޮކްރެސީއާ އިދިކޮޅު ކަންތައްތަކެއް ކަމަށެވެ. އެއީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

''އިންތިހާބަށް ކުރިމަތިލުމަށް ހުރަސް އެޅޭ ކަހަލަ ކަންތައްތަކަކީ ގަބޫލުކުރެވޭ ކަންތައްތަކެއް ކަމަށް ނުދެކެން. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވެފައިވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިންގާ ކަންތައްތަކަކީ އެއީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަށް ގަބޫލު ކުރަނީ'' ރައީސް ވިދާޅުވިއެވެ.      

މަޖިލީހަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް ގާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ޝަރުތުތަކުގެ އިތުރަށް ޝަރުތުތަކެއް ކަނޑައަޅައިގެން ބައެއް ފަރާތްތަކަށް މަގު ހަނިކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެވޭ ކަންތައްތަކެއް ކަމަށް ގަބޫލުފުޅު ނުކުރާއްވާ ކަމަށްވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގާތްގަނޑަކަށް 25 އަހަރު ކުރެއްވި ރައީސް ސޯލިހް ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް