19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޑިޕީ ޕްރައިމަރީ

ތުޅާދޫ ދާއިރާގެ ވޯޓްލުން ދެގަޑިއިރު ފަހުން ފަށައިފި

  • ވެރިއަކު އަދި އޮފިޝަލެއް ނެތް މައްސަލަ ވެސް ފެންމަތިވި
އަމްނާ އިމާދު | @amnabinthimad

| 18 ޖެނުއަރީ 2019 | ހުކުރު 16:22 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ -- އާކައިވް

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށިތާ ދެގަޑިއިރު ފަހުން ބ. ތުޅާދޫ ދާއިރާގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީ ތުޅާދޫ ދާއިރާ މާލެ ފޮށިގެ ވޯޓުލުން ގަޑިއަށް ނުފެށުނު ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ. ވޯޓުލުން ލަސްވެގެންދިޔައިރު އެތަނުގައި ވެރިއަކު އަދި އޮފިޝަލެއް ނެތް މައްސަލަ ވެސް ފެންމަތިވެގެން ދިޔައެވެ. 

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުކުރު ދުވަހުގެ 2:30 ގައި ފަށާފައިވާއިރު ވޯޓުލުން ނިއްމުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ. މި އިންތިޚާބުގައި ޖުމުލަ 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޕްރައިމަރީގައި 270 ވޯޓް ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ތިން ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާ އެވެ. މިހާރު މި ގައުމުތަކުގައި ވެސް ވޯޓްލުން ފަށައިގެން ކުރިއަށްދެއެވެ. މި ފަހަރުގެ ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް