19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ދިވެހިރާއްޖެ-ޖަޕާން

އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކަށް ޖަޕާނުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެނީ

  • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުންދާ ޚިދުމަތްތައް ހަރުދަނާ ކުރާނެ
  • އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތް ކުރާނެ
އަމްނާ އިމާދު | @amnabinthimad

| 18 ޖެނުއަރީ 2019 | ހުކުރު 15:46 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން -- ގެންޑާ މިނިސްޓްރީ

އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކަށް ޖަޕާނުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފްގެ އަރިހަށް ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއި ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި، ޚާއްޞަ ރައްކައުތެރިކަމާ އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމަގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޖަޕާނަކީ ނަމޫނާ ޤައުމެއް ކަމަށާއި، ރާއްޖޭން ވެސް މި ދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދީގެން ސިޔާސަތުތައް އެކަށައަޅަމުން ދާ ކަމަށެވެ.

ރާއްޖެއަކީ ޖަޒީރާ ވަންތަ ޤައުމެއް ކަމުން، އިޖުތިމާޢީ ޚިދުމަތްތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެ ކަމަށް ރިޢާޔަތްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ މެންޑޭޓް އިތުރަށް ފުޅާވެފައި ވާތީ، ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ބޭނުންވާ ކަން މިނިސްޓަރު ޝިދާތާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖަޕާނުގެ ސަފީރު ވިދާޅުވީ އަންހެނުންގެ ހައްޤުތައް ކަށަވަރުކުރުމަށާއި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޖަޕާނުގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

މި ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ. އަދި ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން ޖަޕާނުގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް