25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ރައީސް ނަޝީދު

ޒިނޭއަށް ހިތްވަރު ދިނުމަކީ އަޅުގަނޑު އެއްވެސް ވަރަކަށް ބާރުއަޅާ ކަމެއް ނޫން: ނަޝީދު

  • އެވާހަކަ އޮޅުން އަރާނަމަ މާފަށް އެދިފައިވޭ
ލައިޝާ އަހްމަދު | LailaAhmeds

| 18 ޖެނުއަރީ 2019 | ހުކުރު 14:12 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ކުރީގެ ރައީސް ނަޝީދު -- އޭއެފްޕީ

ޒިނޭކުރުމަށް ހިތްވަރު ދިނުމަކީ އެއްވެސް ވަރަކަށް ބާރުއަޅާކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ހުކުރު ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޒިނޭއަށް ހިތްވަރުދިނުމަށް އެއްވެސް އިރެއްގައި ބާރުނާޅާ ކަމަށާއި، އެއީ ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރުމާއި، ކައިވެނިން ބޭރުން ދަރިން ލިބި އެކުދިންނަށް ލިބޭ ނިކަމެތިކަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. 

ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެއްކެވި ވާހަކަ އޮޅުން އަރާނަމަ އެކަމަށް މާފަށް އެދޭ ކަމަށެވެ. 

ކައިވެނި ނުކޮށް ދަރިން ހޯދާ މައްސަލައަށް އޮތް ހައްލަކީ ކުއްޖާގެ މަންމަ އަށް ބާތު ކޮންޓްރޯލް ކުރެވޭ ގޮތް ހެދުން ކަމަށާއި، ކައިވެނި ނުކޮށް ތިބޭ އަންހެނުންނަށް ބާތު ކޮންޓްރޯލް ނުކުރެވުން އެއީ އެކަން އޮންނަންވީ ގޮތް ނޫން ކަމަށް ބުދަ ދުވަހުގެރޭ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކައިވެނީގެ ބޭރުން ދަރިން ހޯދަނީ ފިރިހެން މީހާގެ ވެސް ބޭވަފާތެރިކަމެއް އޮވެގެން ކަމަށާއި، އެކަމަށް އޮތް ހައްލަކީ އަންހެނުން ނުވިހާ ގޮތް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މޮޔަމީހާ

3 މަސް ކުރިން

އެއްވެސް އޮޅުމެއްނާރާ

0
0