25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ބޮލީވުޑް

'ޓޯޓަލް ދަމާލް'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

  • މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 22 ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 18 ޖެނުއަރީ 2019 | ހުކުރު 13:29 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ޓޯޓަލް ދަމާލްގެ ޕޯސްޓަރު -- ހިންދުސްތާނީ ޓައިމްސް

ބެލުންތެރިން އިންތިޒާރު ކުރަމުންއަންނަ ހެއްވާ މަޖާ ފިލްމް "ޓޯޓަލް ދަމާލް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

އެ ޕޯސްޓަރުގައި ފެނިގެންދަނީ އަޖޭ ދެވްގަން އެންމެ ކުރީގައި ހުރެ ސަފަކަށް  ވާގޮތަށް އަނިލް ކަޕޫރާއި، މާދުރީ ޑިކްސިޓް، ޖޮނީ ލޭވަރ، އަރުޝަދް ވަރްސީ، ޖާވިދް ޖެޕްރީ، ރިތޭޝް ދޭޝްމުކް އަދި ސަންޖޭ މިޝްރާ ހުއްޓިގެން ތިއްބައެވެ.

އެންމެން ވެސް ފެނިގެން ގޮސްފައި ވަނީ އެއްވައްތަރުގެ ކާކީ ޖެކެޓަކާއި ކާގޯ ޕޭންޓްސް ގައެވެ.

މި ފިލްމްގެ ޓްރެއިލާ މި މަހުގެ 21 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ މުހިއްމު ރޯލަކުން އީޝާ ގުޕްތާ އާއި ބޯމަން އިރާނީ އަދި މަހޭޝް މަންޖްރެކަރު ފެނިގެންދާނެއެވެ.

އިންދްރާ ކުމާރު ޑައިރެކްޓް ކުރާ މި ފިލްމްގައި ކުރީގެ މަޝްހޫރު އޮން ސްކްރީން ޕެއަރއެއް ކަމަށްވާ އަނިލް ކަޕޫރާއި މާދްރީ ޑިކްސިޓް 17 އަހަރަށް ފަހު އެކުގައި ފެނިގެންދާނެއެވެ. މި ދެ ތަރިން އެކުގައި ޑައިރެކްޓަރ އިންދްރަ ކުމާރުގެ ފިލްމެއް ކުޅެފައި ވަނީ މީގެ 26 އަހަރު ކުރިންނެވެ. އަދި އޭނާ ވަނީ މި ދެ ތަރިންނާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ފިލްމްގެ ޝޫޓިން ފެށިކަން އިއުލާން ކޮށްފައެވެ.

 މާދުރީ އާއި އަނިލް އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޕުކާރު"އިންނެވެ. މި ފިލްމުގައި ހޮލީވުޑް ފިލްމްތައް ކަމަށްވާ "ހޭންގްއޯވާ 2"، "ޖޯޖް އޮފް ދަ ޖަންގަލް" އަދި "ނައިޓް އެޓްދަ މިއުޒިއަމް" އިން ފެނިގެންދާ ފަދަ ރާމާމަކުނެއް ވެސް ފެނިގެންދާނެ ކަމަށް ފިލްމް އުފައްދާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

"ޓޯޓަލް ދަމާލް" އަކީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމް 'ދަމާލް'ގެ ތިން ވަނަ އިންސްޓޯލްމަންޓެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 22 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް