24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

20،000 ޑޮލަރަށް ވުރެ އިތުރު ނަމަ ޑިކްލަޔަރ ކުރަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

  • ވިހިހާސް ޑޮލަރަށްވުރެ ގިނައިން ރާއްޖެއަށް އެތެރެކޮށް ބޭރު ކުރެވޭނީ ކަސްޓަމްސްއަށް ރިޕޯޓްކޮށް ކަސްޓަމްސްގެ ހުއްދަ ލިބިގެން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 18 ޖެނުއަރީ 2019 | ހުކުރު 11:49 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


އެމެރިކާ ޑޮލަރު. ރިޕޯޓް ނުކޮށް ބޭރު ފައިސާ ރާއްޖެ އެތެރެކޮށް ބޭރުކުރެވޭ ޑޮލަރުގެ މިންވަރު ކަސްޓަމްސް އިން ވަނީ ދަށްކޮށްފައި -- އާކައިވް

 

މޯލްޑިވްސް ކަސްޓަމްސްއަށް ރިޕޯޓްކޮށް ޑިކްލިޔަރ ކުރަންޖެހޭ ނަގުދު ފައިސާގެ މިންވަރު ދަށްކޮށްފި އެވެ. 

ދިވެހި ރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓްކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވައިދުގެ ހަތަރުވަނަ މާއްދާ އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ދިވެހިރާއްޖެއިން ބޭރަށް ގެންދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ނަގުދު ފައިސާ މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަކީ 20،000 އެމެރިކާ ޑޮލަރަށްވުރެ މަތިވާކަމުގައި ވާނަމަ ކަމަށެވެ.

 "ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު)ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަކީ 20،000 ޑޮލަރަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ މި އަދަދަށްވާ ނުވަތަ އަދަދަށްވުރެ މަތީ އަދަދަކަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ އެވެ."  ބުރާސްފަތި ދުވަހު ގަވާއިދަށް ގެނައި އިސްލާހުގައިވެ އެވެ. 

މީގެ ކުރިން ކަސްޓަމްސް އިން ޑިކްލަޔަރ ކުރަންޖެހެނީ 30،000 އެމެރިކާ ޑޮލަރަށްވުރެ މަތިވާކަމުގައިވާނަމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް