20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ބޭރުގެ ސަފީރުން

ޖަރުމަނު ސަފީރުގެ ނައިބަކަށް ޖިނާހު

  • ޖިނާހު އެ މަގާމަށް އައްޔަނުކޮށްފައިވަނީ ޖެނުވަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގަ
ދާނިޝް ނިޡާމް | Dhaanish_Nizam

| 18 ޖެނުއަރީ 2019 | ހުކުރު 08:29 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު -- އާކައިވް

ޖަރުމަނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބަކަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު ހަމަޖައްސަވައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިނާހު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ.

ޖިނާހު ފުލުހުންގެ ވަޒީފާއިން 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ވަކިކޮށްފައިވާއިރު، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އޭނާ ވަނީ ސިވިލް ކޯޓަށް ދައުވާ ކުރުމަށް ހުށަހަޅުއްވާފައެވެ. 

އެގޮތުން ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާއާ ގުޅިގެން ދައުލަތުން ވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި އެ ދައުވާއަށް އެއްބަސްވެ، ޖިނާހު ވަޒީފާއިން ވަކިކުރައްވާފައިވަނީ އިޖްރާތްތައް ފުރިހަމަ ނުކޮށްކަމަށް އެއްބަސްވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމުގެ އިތުރުން، އޭނާ ވަޒީފާއިން ވަކިކުރި މުއްދަތަށްވާ މުސާރަ އާއި އިނާޔަތްތައް އޭނާއަށް އަނބުރާ ދިނުމަށް ދައުލަތުގެ މައްޗަށް (ފުލުހުންގެ މައްޗަށް) އަންގާ އަމުރުކުރާ ކަމަށާއި، އެގޮތުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ލިބެން ޖެހޭ 2.8 މިލިއަން ރުފިޔާ ދިނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ahamed Ali

3 މަސް ކުރިން

ތިއޮތީ ސަރުކާރު ހިތަކަށް ލިބިފައި،ހަދާނެ އެއްޗެއްހަދާލާ.

0
0
ވަޒީފާ ބެހުމުގެ

3 މަސް ކުރިން

ބޮޑުވަރު ވަޒީފާ ބެހުމުގެ ސަޤާފަތަށް

0
0