25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މީރާ

ކުންފުނީގެ އަހަރީ ފީ އާއި ޖޫރިމަނާގެ ގޮތުގައި މީރާއަށް 197.9 މިލިއަން ރުފިޔާ ނުލިބިވޭ!

  • 2018 ވަނަ އަހަރުގެ ނިޔަލަށް 7089 ކުންފުންޏަކުން އަހަރީ ފީ އާއި ޖޫރިމަނާ ނުދައްކާވޭ
  • ބަޔާން ހުށަނާޅައިފި ނަމަ ޖޫރިމަނާ ކުރެވޭނެ
ސިމާހާ ނަސީމް | sim_kamana

| 17 ޖެނުއަރީ 2019 | ބުރާސްފަތި 19:30 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) -- ފޮޓޯ: މުހައްމަދު ޝަރުހާން

2018 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ އަހަރީ ފީ އާ ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާ އިން ބުނީ 2018 ވަނަ އަހަރުގެ ނިޔަލަށް 7089 ކުންފުންޏަކުން އަހަރީ ފީ އާއި ޖޫރިމަނާ ނުދައްކާވާ ކަމަށެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން އުވާލުމަށް ނިންމާފައިވާ 5772 ކުންފުންޏަކުން ދައްކަން ޖެހޭ 189.6 މިލިއަން ރުފިޔާއާ އޭގެ ތެރޭގައި ނުހިމެނޭ 1317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް މީރާ އިން ބުންޏެވެ.

ކުންފުނީގެ އަހަރީ ފީ ގެ އިތުރުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައިވާ ގޮތުން، ކުންފުނިތަކުން އެއްވެސް ވިޔަފާރީއެއް ނުކުރިކަމުގައި ވިޔަސް ޤާނޫނުގައިވާ ގޮތުގެ މަތިން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ކަމަށާއި އެ ބަޔާން ހުށަނާޅައިފިނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ކުންފުންޏެއް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން އުނިކުރެވޭނީ އެ ކުންފުންޏެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން އުވާލުމުން ކަމަށް މީރާ އިން ހާމަކުރެއެވެ. އެހެންކަމުން ވިޔަފާރީ ވިޔަފާރި ނުކުރާ، އުވާލަން ބޭނުންވާ ކުންފުނިތައް، ކުންފުންޏާ ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުގެ މަތިން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅައިގެން އުވާލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މީރާ އިލްތިމާސް ކުރިއެވެ.

މީރާ އިން އިތުރަށް ބުނީ އަމިއްލަ ފަރުދުން މީރާގައި ރަޖިސްޓްރީ ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމާއި ގުޅޭގޮތުން 2017 ވަނަ އަހަރު ތެރޭގައި މީރާ އިން ވަނީ ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް ޓެކުހާ ގުޅޭ ޤާނޫނުތަކުގައި ވަކި ގޮތަކަށް ކަނޑައެޅިފައިވާތީ، އެ ލުއިތަކަށް ކުންފުނިތަކަށް ރައްދު ނުދެވޭނެ ކަމަށާއި ނަމަވެސް ކުދި ވިޔަފާރީތަކުން ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމާއި ގުޅޭ ގޮތުން ދެވިފައިވާ ލުއިތަކަކީ ކުންފުނިތަކަށް ވެސް ރައްދުވާ ލުއިތަކެއް ކަމުގައި މީރާ އިން ބުންޏެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް