21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ނުކުޅެދުންތެރިކަން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރަން ސަރުކާރުން ހެދީ ދެކޮޅު
އަލީ ޔޫސުފް | AliYooosuf

| 13 ފެބުރުވަރީ 2017 | ހޯމަ 20:33 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިންކަން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -ފޮޓޯ/ ރައީސް އޮފީސް -- އާކައިވް

ގައުމީ ޓީވީ ހުޅުވާލިޔަސް އެ ވާހަކައެވެ. ސަރުކާރުން ބާއްވާ އިވެންޓްތަކުގައި ވެސް އެ މައުސޫމް މޫނުތަކެވެ. ހަފްލާތަކުގައި ވެސް ސަރުކާރުގެ އިސްވެރިން ހަރު އަޑުން ގޮވަމުން ދަނީ އެ ވާހަކައެވެ. ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ސަރުކާރުން ކޮށްދޭ ކަންކަމުގެ ވާހަކައެވެ. ވަޒީފާތައް ތަނަވަސްކޮށްދޭ ވާހަކައެވެ. އެއްފަހަރާ ގިނަ ވަޒީފާތަކެއް ކުންފުނިތަކުން އެ ފަރާތްތަކަށް ފޯރުކޮށްދޭ ވާހަކައެވެ. ހަމަ ކުއްލިއަކަށް ސަރުކާރުގެ އިވެންޓްތަކުގެ ކުރީ ސަފުގައި ވެސް އެފަދަ ފަރާތްތަކާއި އެފަދަ ކުދިންނެވެ. ވެގެން މިއުޅެނީ ކީއްހެއްޔެވެ؟

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައަށް ބާކީ ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަދި ވަކި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިގެން ދިޔަތާ މާގިނަ ދުވަހެއް ނުވެއެވެ. ރާއްޖެއަށް 2008 ވަނަ އަހަރު އައި ބަދަލުތަކާ އެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ފުރަތަމަ ފަހަރަށް ހަމަޖެހިގެން ދިޔައެވެ. އޭގެ ކުރިން އެފަދަ ފަރާތްތަކުގެ ބެލެނިވެރިން އެހީ ހޯދަން ޖެހެނީ ވިޔަފާރިވެރިން ކައިރިން ސަލާން ޖަހައިގެންނެވެ. ނުވަތަ ރިޔާސީ ގަނޑުވަރުން ދޫކުރާ ސިޓީ އުރަ ހޯދައިގެންނެވެ. ސަރުކާރުގެ ލޮލުގައި އެކުދިން އަޅައެއް ނުގަނެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވެސް މުޖުތަމައުގައި މުހިންމު ބައެކެވެ. އެ ފަރާތްތަކަށް ވަޒީފާތައް ހަމަޖެހިގެން ދިޔުމަކީ ވެސް ރަނގަޅު ކަމެކެވެ. ހެޔޮ ބަދަލެކެވެ. ސަރުކާރުން ބާއްވާ އިވެންޓްތަކުގެ ކުރީ ސަފުން އެފަދަ ފަރާތްތައް ފެނުމަކީ ވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ސުވާލަކީ މި ސަރުކާރުން އެކަން ކުރަމުން ގެންދަނީ ހެޔޮ ނިޔަތުގައި ހެއްޔެވެ؟

 

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ މައްސަލަތައް ފެންމަތިވެގެން އުޅެނީކީ އިއްޔެއަކު މިއަދަކު ނޫނެވެ. އެ ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އެފަދަ ފަރާތްތަކުގެ އެމްބެސެޑަރު އަހްމަދު ހިޝާން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން އެކުދިންގެ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައެވެ. އުމުރުން ދުވަސްވީ މީހުންގެ އިނާޔަތްތައް ބޮޑުކުރުމާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތްތައް ބޮޑުކޮށްދޭތޯ ބިލެއް ވެސް މަޖިލީހަށް ވެއްދިއެވެ. ނަމަވެސް މި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފައެވެ. އެހެން ކަމުން އެ ފަރާތްތަކާ މެދު ސަރުކާރުގެ ވިސްނުން ހުރީ ކިހިނެއްކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

 

އިނާޔަތް ބޮޑު ނުކުރީ ސަރުކާރުގެ އެހެން ޕްލޭނެއް އެކަމަށް އޮތުމުން ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ. އެއީ އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީގެން މައްސަލަ ހައްލުކުރުމުގެ ޕްލޭނެވެ. އެއީ ރަނގަޅު ޕްލޭނެކެވެ. ނަމަވެސް ސުވާލަކީ އެއީ ކިހާވަރެއްގެ ދިރާސާއެއް ކުރެވިގެން ކުރާ ކަމެއްތޯއެވެ؟

 

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ހަމަ ކުއްލިއަކަށް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ސަރުކާރުން ސަމާލުކަން ދީގެން އުޅެނީ ސިޔާސީ ބޭނުމެއްގައެވެ. މީހުންގެ ސަމާލުކަން ހޯދުމަށެވެ. ސަރުކާރަކީ އޯގާތެރި ސަރުކާރެއްކަން ދެއްކުމުގެ ގޮތުންނެވެ. ކުންފުނިތަކުގައި ހިންގާ ޖަރީމާތައް އެފަދަ ފަރާތްތަކުގެ ބޮލުގައި އެޅުވުމަކީ ވެސް އެފަދަ ފަރާތްތަކަށް ވަޒީފާ ދޭ ސަބަބެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެހެން ސަރުކާރެއް އަންނަ ދުވަހަކުން ކުންފުނިތަކުގައި ހިންގާފައިވާ ޖަރީމާތައް ތަހްގީގުކުރާ އިރު ޒިންމާކުރާނެ ފަރާތްތަކަކަށް ކުންފުނިތަކުން ފުރުސަތު ދެނީ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

 

ކޮންމެޔަކަސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްކުރާ ނަމަ އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް މި ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ރޭވުމެއް އޮވެޔޭ އިދިކޮޅު ފަރާތްތަކުން ބުނާތީ މި ކަމުގައި ވެސް ގިނަ ރައްޔިތުންގެ ހިތުގައި ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް