25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސީއައިއޭ

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

  • ވަލީއަހުދު މުހަންމަދު ބިން ނާއިފަކީ އެތައް އަހަރެއް ވަންދެން ޖާސޫސީ ދާއިރާގައި މަސައްކަތް ކުރައްވައި އެކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 ފެބުރުވަރީ 2017 | ހޯމަ 20:23 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފްއަށް ސީއައިއޭގެ ޑައިރެކްޓާ މައިކް ޕޮމްޕެއޯ މެޑަލް އަރުއްވަނީ -- ގޫގުލް

ޖާސޫސީ ނުވަތަ އިންޓެލިޖެންސް މެދުވެރިކޮށް ޓެރަރިޒަމާ ދެކޮޅަށް ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް ކުރައްވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން، އެމެރިކާެގެ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ވަލީ އަހްދަށް ހާއްސަ މެޑައްޔެއް އަރުއްވައިފިއެވެ.

ސައުދީ ވަލީއަހުދަށް މިމެޑަލް އެރުއްވީ އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާގެ އާ ވެރިޔަކަށް އައްޔަން ކުރެވުނު މައިކް ޕޮމްޕެއޯ، ހުކުރު ދުވަހު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައެވެ. ޕޮމްޕެއޯގެ ސައުދީ ދަތުރުފުޅަކީ މަގާމާ ހަވާލުވެވަޑައިގެން އޭނާ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ސީއައިއޭ އިން މެޑަލް އެރުއްވި ސައުދީ ވަލީއަހުދު މުހަންމަދު ބިން ނާއިފަކީ ސައުދީގެ ފަސްޓް ޑެޕިއުޓީ މިނިސްޓަރު އަދި މިނިސްޓާރ އޮފް އިންޓީރިއާއެވެ. ވަލީއަހުދު މުހަންމަދު ބިން ނާއިފަކީ އެތައް އަހަރެއް ވަންދެން ޖާސޫސީ ދާއިރާގައި މަސައްކަތް ކުރައްވައި އެކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އިންޓެލިޖެންސް މެދުވެރިކޮށް ޓެރަރިޒަމާއި ދެކޮޅަށް ވަލީއަހުދު ނާއިފް ކުރައްވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން، އެމެރިކާގެ ސީއައިއޭގެ ޑައިރެކްޓާ ޕޮމްޕެއޯ ވަލީއަހުދު ނާއިފްއަށް އެރުއްވި މެޑަލްގެ ނަމަކީ "ޖޯޖް ޓެނެޓް މެޑަލް" އެވެ. ޖޯޖް ޓެނެޓަކީ ސީއައިއޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޑައިރެކްޓަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެމް.އޭ.ކަރީމް

2 އަހަރު ކުރިން

މުސްލިމުންގެ ބޮލަށް ބޮންއެޅުމަށް އެމެރިކާއަށް ވެދިން އެހީގެ ހަދިޔާ ވަރަށްސަޅި.

0
0