22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ގެމްބިއާ

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

  • ހައްޔަރު ކުރެވުނު ސިފައިންގެ މީހަކީ ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހްގެ ޕްރެޒިޑެންޝަލް ގާރޑްގެ މެމްބަރެއް
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 ފެބުރުވަރީ 2017 | ހޯމަ 20:21 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


ރައީސް އަޑަމާ ބަރޯ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެން ހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި ކަމަށް ގެމްބިއާގައި ހަރަކާތްތެރިވާ ހުޅަނގު އެފްރިކާގެ ސިފައިންގެ ފައުޖުން ބުނެފިއެވެ.

މި ހާދިސާ ހިނގީ ގެމްބިއާގެ ވެރިރަށް ބަންޖުލްގައި ހުންނަ ކިންގް ފަހްދު މިސްކިތުގައެވެ. ފިސްތޯލަ ހިފައިގެންހުރި ސިފައިންގެ މީހާ ފެނުނީ ފުލުހުން މިސްކިތުގައި ތިބި މީހުން ޗެކްކުރަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނާއިރު އޭނާގެ އަތުން ފެނުނީ 9އެމްއެމް ކެލިބަރ ހެލްވަން އޮޓޮމެޓިކް ފިސްތޯލައެއް ކަމަށާއި އޭތި އޮތީ ވަޒަން ލޯޑްވެސް ކޮށްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ގެމްބިއާގައި 22 އަހަރު ރައީސްކަން ކުރެއްވި ޔަހްޔާ ޖަމްމޭހް ނިމިދިޔަ ޑިސެމްބަރު 1 ވަނަ ދުވަހު ބަލިކުރެއްވީ މިހާރުގެ ރައީސް އަޑަމާ ބަރޯއެވެ.

ހައްޔަރު ކުރެވުނު ސިފައިންގެ މީހަކީ ކުރީގެ ރައީސް ޔަހްޔާ ޖަމްމޭހްގެ ޕްރެޒިޑެންޝަލް ގާރޑްގެ މެމްބަރެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ހުޅަނގު އެފްރިކާ ސިފައިންގެ ފައުޖުން ވަނީ ގެމްބިއާގެ ކަމާބެހޭ ފަރާތްތަކާ ހައްޔަރު ކުރެވުނު ސިފައިންގެ މީހާ ހަވާލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް