20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ބާރަތުގެ ފުރަތަމަ ޓީޒާ ދައްކާލަނީ

  • ޓީޒާ ދައްކާލަން އުޅޭކަން ފިލްމްގެ ޑައިރެކްޓަރ ވަނީ ހާމަ ކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 16 ޖެނުއަރީ 2019 | ބުދަ 22:21 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ކެޓްރީނާ ކެއިފް އާއި ސަލްމާން ޚާން -- ހިންދުސްތާނީ ޓައިމްސް

ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް އެކުގައި ބަލަން ކެތްމަދުވެފައި ތިބި މީހުންނަށް "ބާރަތު"ގެ ފުރަތަމަ ޓީޒާ ވަރަށް އަވަހަށް ފެނިގެން ދާނެއެވެ.

"ބާރަތު"ގެ ޓީޒާ ރިލީޒް ކުރަން އުޅޭކަން ހާމަކޮށްފައި ވަނީ ފިލްމްގެ ޕްރޮޑިއުސަރ އަތުލް އަގްނިހޯތްރީ ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯގައެވެ. އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ކަމިން ސޫން"އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ އެ ފިލްމްގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން ސުނިލް ގްރޯވާ، ދިޝާ ޕަޓާނީ، ނޯރާ ފެތޭހީ އަދި ތައްބޫ ފެނިގެންދާނެއެވެ. މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައި ވަނީ ޑުބާއީ، ޕުންޖާބު އަދި ދިއްލީގައެވެ.

އެ ފިލްމްގެ ބަތަލާގެ ރޯލު ކުޅުމަށް ފުރަތަމަ ހަމަޖައްސާފައި ވަނީ ޕްރިޔަންކާ ޗޯޕްރާއެވެ. ނަމަވެސް އެމެރިކާގެ ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކުރުމަށް ޕަރިޔަންކާ ވަނީ މި ފިލްމް ދޫކޮށްލާފައެވެ.

 ބާރަތް ވެގެންދާނީ 2017 ވަނަ އަހަރު ރިލީޒް ކުރި ބްލޮކްބާސްޓަރ ފިލްމް "ޓައިގާ ޒިންދާހޭ" އަށް ފަހު އަލީ އައްބާސް ޒަފަރުގެ ފިލްމެއްގައި ކެޓްރީނާ އާއި ސަލްމާން އެކުގައި ފެނިގެންދާ ފިލްމަށެވެ. ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރު އީދާ ދިމާކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް