25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރ

އެޑިއުކޭޝަން އެކްސްޕޯ އަންނަ މަހު 14 އިން 16އަށް

  • މި އެކްސްޕޯ ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހަށް ދަރުބާރުގޭގައި
  • އެކްސްޕޯގައި ބައިވެރިވުމުގެ ޖާގަ މިވަގުތަށް ފުރިފައިވީ ނަމަވެސް ރާއްޖޭގެ އިންސްޓިޓިއުޓްތަކަށް އަންނަ ހަފްތާ ނިމެންދެން ބައިވެރިވެވޭނެ
ސިމާހާ ނަސީމް | sim_kamana

| 16 ޖެނުއަރީ 2019 | ބުދަ 19:19 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގެ ތެރެއިން -- އާކައިވް

މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް) އިންތިޒާމްކޮށްގެން ބާއްވަން އަންނަ އެ އެކްސްޕޯ ކުރިއަށް ދާނީ އަންނަ މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ.

ބުދަ ދުވަހު ޝީ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސަރީ ސާރވިސަސްގެ ފަރާތުން އިވެންޓް ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ މިއަހަރުގެ އެކްސްޕޯގައި ވެސް ރާއްޖެއާ ރާއްޖެއިން ބޭރުގެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވާނެ ކަމަށާއި އެކްސްޕޯ އަށް ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ.

މިއަހަރުގެ އެކްސްޕޯގައި މިހާތަނަށް މެލޭޝިއާ، ޖަރުމަންވިލާތް، ސްރީލަންކާ ފަދަ ޤައުމުތަކުގެ 40 އަށްވުރެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވެފައިވާއިރު ރާއްޖޭގެ އިންސްޓިޓިއުޓްތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ބައިވެރިވުމުގެ ޖާގަ މިވަގުތަށް ފުރިފައިވީ ނަމަވެސް ރާއްޖޭގެ އިންސްޓިޓިއުޓްތަކަށް އަންނަ ހަފްތާ ނިމެންދެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އަސަރީ ސާރވިސަސްގެ ފަރާތުން ބުންޏެވެ.

މި އެކްސްޕޯއަކީ ރާއްޖޭ އާއި ރާއްޖެ އިން ބޭރުން ލިބެން ހުންނަ ތައުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ތަފާތު ގިނަ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ"ގެ އަމާޒަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި މަތީ ތަޢުލީމަށް ޝައުޤުވެރިވެލައްވާ ހުރިހާ ބޭފުޅުންނަށް ވެސް ބޭނުންހުރި މުހިންމު ފުރުސަތުތައް އެކްސްޕޯގެ ޒަރީއާ އިން ހުޅުވާލަދިނުމެވެ. މަތީ ތަޢުލީމު އަދާކުރަމުން އަންނަ ފަރާތްތަކާއި އަދި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވަރަށް މުހިންމު ވާރކްޝޮޕްތަކެއް ވެސް މި އެކްސްޕޯގައި ކުރިއަށްދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް