18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ގްރެމީ އެވޯޑް 2017

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

  • ބެސްޓް ޕޮޕް ވޯކަލް އަލްބަމް އަދި ބެސްޓް ސޯލޯ ޕާފޯމަންސް އެވޯޑްވެސް ހޯދާފައިވަނީ އަދެލް
އަބުދުﷲ މުހައްމަދު | 8Abbo

| 13 ފެބުރުވަރީ 2017 | ހޯމަ 17:56 | |

މަގުބޫލް

  1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  4. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  5. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  6. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


އަޑެލް އޭނާއަށް ލިބުނު ފަސް އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިގެން -- ގޫގުލް

ފަސް އެވޯޑާއެކު މި އަހަރުގެ ގްރެމީ އެވޯޑްގެ އެންމެ ކާމިޔާބު ތަރިއަކަށް އިނގިރޭސި ވިލާތުގެ ލަވަކިއުންތެރިއާ އަޑެލް ވެގެން ހިނގައްޖެއެވެ.

ލޮސް އެންޖެލިސްގެ ސްޓޭޕްލްސް ސެންޓަރުގައި މި މަހު 12 ވަނަ ދުވަހުގެ ރޭ ބޭއްވި 59 ވަނަ ގްރެމީ އެވޯޑް ހަފްލާގައި އެންމެ މޮޅު އަލްބަމް އަދި އެންމެ މޮޅު ލަވައިގެ އެވޯޑް ވެސް ލިބިފައިވަނީ އަޑެލް އަށެވެ. އޭނާގެ އަލްބަމް 25 އަށް އަލްބަމް އޮފް ދި އިޔަރގެ އެވޯޑް އަދި ސޯންގް އޮފް ދި އިޔަރ ލިބުނުއިރު  ރެކޯޑް އޮފް ދި އިޔަރ ލިބިފައިވަނީ އަޑެލްގެ "ހެލޯ"އަށެވެ.

މީގެ އިތުރުން ބެސްޓް ޕޮޕް ވޯކަލް އަލްބަމް އަދި ބެސްޓް ސޯލޯ ޕާފޯމަންސް އެވޯޑް ވެސް ހޯދާފައި ވަނީ އަޑެލްއެވެ.

ނުވަ ޖޮންރާއަކުން ހަތަރު ޖޮންރާއަކަށް ނޮމިނޭޓްވެ 2017ގެ އެންމެ ގިނަ ނޮމިނީގެ ގޮތުގައި އެވޯޑް ނައިޓް ފަށާފައި ވަނީ ބިއޯންސޭއެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ދެ އެވޯޑެކެވެ. އޭނާގެ "ފޯމޭޝަން"އަށް ބެސްޓް ވީޑިއޯ މިއުޒިކް ލިބުނުއިރު ބެސްޓް އާބަން ކޮންޓެމްޕޮރަރީ އަލްބަމް ލިބިފައިވަނީ އޭނާގެ "ލިމޮނޭޑް"އަށެވެ. އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިން ބިއޯންސޭއަށް މި ދެ އެވޯޑާއެކު އޭނާގެ މިއުޒިކީ ހަޔާތުގައި ލިބުނު ގްރެމީ އެވޯޑްގެ އަދަދު 22 އަށް އަރައެވެ.

މި ހަފްލާގައި އަޑެލްވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުނިޔެ ދޫކުރި އިނގިރޭސިވިލާތުގެ މަޝްހޫރުލަވަކިއުންތެރިއާ ޖޯޖްމައިކަލްގެ ހަނދާނުގައި އޭނާގެ ލަވައެއް ހުށަހަޅައިދީފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް