22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އުތުރުކޮރެއާގެ ނިއުކްލިއަރ ޕްރ

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

  • އުތުރުކޮރެއާއިން އެންމެ ފަހުން ބެލަސްޓިކް މިސައިލް ޓެސްޓްކުރި ކުރުން ފުޅާދާއިރާއެއްގައި އަންނަނީ ކުށްވެރިކުރަމުން
އަބުދުﷲ މުހައްމަދު | 8Abbo

| 13 ފެބުރުވަރީ 2017 | ހޯމަ 15:12 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ިމިސައިލް ޓެސްޓް ސުޕަވައިޒްކޮށްދެއްވީ އުތުރުކޮރެއާގެ ލީޑަރ ކިމް ޖޮން އުން -- ގޫގުލް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސުޕަވައިޒް ކޮށްދެއްވައި އާދީއްތަ ދުވަހު ޓެސްޓް ބެލަސްޓިކް މިސައިލްއަކީ ކާމިޔާބު ޓެސްޓެއް ކަމަށް އުތުރުކޮރެއާއިން ކަށަވަރުކޮށްދީފިއެވެ.
ކޮރެއަން ނިއުސް އޭޖެންސީ، ކޭސީއެންއޭ ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޑިވައިސްއަކީ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ދިގުރާސްތާގެ މިސައިލެކެވެ.
ދެކުނު ކޮރެއާގެ ޑިފެންސްމިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރައްދަކީ ކޮބައިތޯ ބެލުމަށް ހަތިޔާރު ބޭނުކޮށްގެން ކުރި ޓެސްޓެއް ކަމަށެވެ
އުތުރު ކޮރެއާއިން އެންމެ ފަހުން ބެލަސްޓިކް މިސައިލް ޓެސްޓްކުރި ކުރުން ފުޅާދާއިރާއެއްގައި އަންނަނީ ކުށްވެރިކުރަމުންނެވެ. މިއީ އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން އެ ގައުމުން މިފަދަ ޓެސްޓެއް ކުރި ފުރަތަމަ ފަހަރެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވީ މިސައިލް ފޮނުވާލާފައިވަނީ ހޮނިހިރު ދުވަހު ޖީއެމްޓީ ގަޑިން 22:55ގައި ޖަޕާނު ކަނޑުން އިރުމައްޗަށް 500 ވަރަކަށް ކިލޯމީޓަރަށް ވާގޮތަށް ކަމަށެވެ.
ޕިޔޮންގްޔަންގއިން މިދިޔަ އަހަރު ނިއުކްލިއަރ  އެތައް ޓެސްޓްތަކެއް ކޮށްފައި ވެއެވެ.
އުތުރު ކޮރެއިން ތަކުރާރުކޮށް ނިއުކްލިއަރ ޓެސްޓް ކުރުމާއި ރުޅިވެރި ބަސްތަކުން ސަރަހައްދީ ގައުމުތަކުގެ ރުޅިވެރިކަންދަނީ ބޮޑުވަމުންނެވެ.
މި ޓެސްޓްގެ މައުލޫމާތު އެނގޭ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި ކަމަށް ރޮއިޓާސްގައި ބުނެފައި ވެއެވެ.
ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ މި ޓެސްޓްގެ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އަރުވާފައިވާ ކަމަށެވެ.
ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝީޑީ ސޫގާ ވިދާޅުވީ މި ސައިލް ޖަޕާނުގެ އިހުތިސާސްގެ ތެރޭ ހިމެނޭ ކަނޑުގެ ސަރަހައްދަށް ފޯރާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އުތުރުކޮރެއާގެ މި އަމަލާ ދެކޮޅަށް ޖަޕާނުން ވަރުގަދަ އިހުތިޖާޖެއް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް