20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އަކްޝޭ ކުމާރު

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

  • ކުރިއަށް ދުވަސްތަކުގައި ފިލްމަށް 100 ކްރޯޑް ރުޕީޒް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ
ސަހުބާން ފަހުމީ | sahubaan

| 13 ފެބުރުވަރީ 2017 | ހޯމަ 15:10 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


އަކްޝޭ ކުމަރު -- ގޫގުލް

މި މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި އަކްޝާ ކުމާރުގެ "ޖޯލީ އެލްއެލްބީ 2" އަށް ބޮކްސް އޮފީހުގައި ލިބެމުންދާ ބޮޑު ކާމިޔާބީގެ އިތުރުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވެސް ލިބިއްޖެއެވެ.

ފިމްލް ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އަރުޝަދު ވަރްސީ ލީޑްރޯލް ކުޅެފައިވާ "ޖޯލީ އެލްއެލް ބީ" އަށް ވުރެ ބޮޑު ކާމިޔާބީއެއް އަކްޝޭގެ ފިލްމަށް ލިބިގެންދާނެއެވެ.

އެގޮތުން "ޖޯލީ އެލްއެލްބީ" އަށް 32 ކްރޯޑް ރުޕީޒް ލިބުނުއިރު އަކްޝޭގެ "ޖޯލީ އެލްއެލްބީ "2 އަށް ދެ ދުދުވަސް ތެރޭ 30.52 ކްރޯޑް ރުޕީޒް ވަނީ ލިބިފައެވެ. އަދި ފިމްލް ސިނަމާތަކުގައި އެޅުވި ދެވަނަ ދުވަހު 31.20 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ފިލްމް ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.

ހިންދީ ފިލްމް ދިރާސާކުރާ ފަރާތެއް ކަމަށްވާ ޖޮގިންދަރު ބުނެފައި ވަނީ ކުރިއަށް ދުވަސްތަކުގައި ފިލްމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި އެގޮތުން ފިލްމަށް 100 ކްރޯޑް ރުޕީޒް ލިބިއްޖެ ނަމަ އަކްޝޭ އަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ހަތަރު ވަނަ ފިލްމަށް "ޖޯލީ އެލްއެލްބީ 2" ވެގެންދާނެ ކަމަށެވެ.

ބޮކްސް އޮފީހުގައި "ޖޯކީ އެލްއެލްބީ 2" އަށް ބޮޑު ކާމިޔާބީއެއް ލިބެމުންދާއިރު މިއަރު ރިލީޒް ކުރި ރިތިކް ރޯޝަންގެ "ކާބިލް" އަށް ދެ ދުވަސް ތެރޭ ލިބުނު އާންމުދަނީ އަށް ވުރެ ބޮޑު އާންމުދަނީއެއް "ޖޯލީ އެލްއެލްބީ "2 އަށް ލިބިފައި ވެއެވެ.

"ޖޯލީ އެލްއެލްބީ 2" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ވޭތުވެދިޔަ 10 އަހަރު ތެރޭ ރިލީޒް ކުރި އަކްޝޭ ކުމާރުގެ ހުރިހައި ފިލްމެއް ވެސް ވަނީ ބޮކްސް އޮފީހިގައި ގިނަ ރެކޯޑްތަކެއް ގާއިމް ކޮށްފައެވެ. އެގޮތުން "އެއާލިފްޓް"، "ރުސަތުމް" އަދި "ހައުސްފުލް "3 ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް