19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޖަރުމަނުގެ އައު ރައީސް އިންތި

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

  • އުމުރުފުޅުން 61 އަހަރު ފުޅުގެ ފްރޭންކް ވޯލްޓަރ ސްޓީންމިއަރއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިއުން އަމާޒުވެފައިވާ ބޭފުޅެއް
އަބުދުﷲ މުހައްމަދު | 8Abbo

| 13 ފެބުރުވަރީ 2017 | ހޯމަ 14:55 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ރައީސް ޔާމީންގެ އެކައުންޓަށް ވަދެވަފައިވާ 1 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ: އަދީބު


ފްރޭންކް ވޯލްޓަރ ސްޓީންމިއަރ އަށް ގާނޫނު ހަދާ މަޖިލީހުގެ 931 މެމްބަރަކު ވޯޓްދެއްވާފައިވޭ -- ގޫގުލް

ހަނގުރާމައިގެ ދުވަސްތަކަށް ފަހު ޖަރުމަނުގެ 12 ވަނަ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ އިންތިޚާބު ކުރައްވައިފިއެވެ.

މިދިއަ މަހާ ޖެހެންދެން ފޮރިން މިނިސްޓަރގެ މަގާމް އަދާކުރެއްވި ސޯޝަލް ޑިމޮކްރޭޓަށް މަގާމް ކާމިޔާބު ކުރެއްވުނީ ގާނޫނުހަދާ މަޖިލީހުގެ 1،239 ސައްހަ ވޯޓްގެ ތެރެއިން 931 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

ވަކި ކޮޅަކަށް ވޯޓް ނުދެއްވާ 103 މެމްބަރުން ތިއްބެވިއިރު 14 ވޯޓް ބާތިލްވެފައި ވެއެވެ.

ބުންޑެސްޓެގްގެ ރައީސް ނޯބާރޓް ލެމާޓް ނަތީޖާ އިއުލާނުކުރެއްވިއިރު ހުރިހާ މެމްބަރުން ކޮޅަށް ތެދުވެވަޑައިގެންނެވިއިރު އޯލްޓަރނޭޓިވް ޕޮޕިއުލިސްޓް ފޯ ޖާމަނީ (އޭއެފްޑީ) ޕާޓީގެ ބައެއް މެމްބަރުން ތެދުވެ ވަޑައި ނުގެން ތިއްބެވިއެވެ.

ރެފިއުޖީން އެތެރެވުމާ ދެކޮޅު އެ ޕާޓީގެ މެމްބަރުން ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ނެތް ނަމަވެސް 16 ސްޓޭޓެއްގެ ގާނޫނުހަދާ މަޖިލީހުގައި 10 ގޮނޑިއެއް ތަމްސީލުކުރެއެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބާއްވާ އާއްމު އިންތިޚާބަށް ފަހު މަޖިލީހުގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށްވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އޭއެފްޑީއިން އެޕާޓީގެ އަމިއްލަ ކެނޑިޑޭޓެއް ހުށަހެޅިއިރު އެ ކެނޑިޑޭޓަށް ލިބިވަޑައިގެންފައިވަނީ 42 ވޯޓެވެ.

ޖަރުމަނުގައި ރައީސްގެ މަގާމަކީ ރަމްޒީ މަގާމަކަށްވާއިރު މި ވޯޓަށް ފަހު ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވީ މި ދަތި އުނދަގޫ ދަނޑިވަޅުގައި ގައުމު ކުރިޔަށް ގެންދިއުމުގައި އޭނާއަށް އިތުބާރު ކުރައްވާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް