23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ރާއްޖެ - އިންޑިއާ

އިންޑިއަން ކޯސްޓްގާޑް ޝިޕް ''ސަމަރްތް'' ރާއްޖެގައި

  • 'ސަމްރަތް'' ރާއްޖެ އިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު
އަލީ ސަމާޚް | AliSamah8

| 12 ޖެނުއަރީ 2019 | ހޮނިހިރު 23:23 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ


އިންޑިއަން ކޯސްޓްގާޑް ''ސަމަރަތް'' -- އެމްއެންޑީއެފް

އިންޑިއަން ކޯސްޓްގާޑް ޝިޕް ''ސަމަރްތް'' ރާއްޖެއަށް އަތުވެއްޖެއެވެ.

އިންޑިއަން ކޯސްޓްގާޑް ޝިޕް (އައިސީޖީއެސް) "ސަމަރްތް'' ރާއްޖެ އައިސްފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ސަމްރާތް ކޯސްޓްގާޑްއާ އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން މިމަހުގެ 13 އިން 17 އަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ޕެޓްރޯލް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދޭއެވެ.  

އެމްއެންޑީއެފުން ބުނީ، 2009 ވަނަ އަހަރުން ފަށައިގެން ހިންގާ މި ޕެޓްރޯލަކީ ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއްކަމަށެވެ.

މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ހަމަޖެހިފަވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ޕެޓްރޯލް ނިންމާލުމަށް ފަހު ''ސަމްރަތް'' ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ސަމްރަތް ކޯސްޓްގާޑް ވަނީ މީގެ ކުރިން ވިއެޓްނާމްގެ އިތުރުން އިންޑޮނޭޝިއާގައި ވެސް ތަމްރީނު ޕްރޮގްރާމްތަކެއް ބާއްވާފައެވެ.

އިންޑިއާގެ ކޯސްޓުގާޑެއް ރާއްޖެ އައިސްފައިވާއިރު، ރާއްޖެ ސިފައިންނާއި އިންޑީއާ ސިފައިން ގުޅިގެން ދަނީ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް  ''އެކްސަސައިޒް ދޯސްތީ" ނަމުގައި ދަނީ ޕްރޮގްރާމް ތަކެއް ހިންގަމުންނެވެ.

މި ތަމްރީނަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އެކްސަސައިޒެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް