23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ފަލަސުރުހީ

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މަޝްވަރާތައް ދަނީ ކުރެވެމުން: އެޑިޔުކޭޝަން މިނިސްޓްރީ

 • އެކަމަށް ކުރަންޖެހޭ ކަންކަން ކުރަން މިނިސްޓްރީ އޮތީ ތައްޔާރަށް
 • އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ތަމްރީން މި އަހަރު ޓީޗަރުންނަށް ފޯރުކޮށްދެވިގެންދާނެ
 • ރާއްޖޭގެ ސުކޫލްތަކަށް މިހާރު ދިމާވެފައިވާ ބޮޑު މައްސަލަލަ އަކީ އެކަށީގެންވާ ލައިބްރަރީގެ ހިދުމަތް ނެތުން
ސިމާހާ ނަސީމް | sim_kamana

| 12 ޖެނުއަރީ 2019 | ހޮނިހިރު 22:56 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
 3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
 6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
 7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
 8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ފަލަސުރުހީ ޕްރޮގްރާމްގައި - އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު އާއި ފާތިމަތު ނަސީރު -- ފޮޓޯ: ރާއްޖެ އެމްވީ

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރު ބޮޑުކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައިގެ ކަންތައްތައް ހައްލުކުރުމަށްޓަކައި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އެކަމަށް ކުރަންޖެހޭ ކަންކަން ކުރަން މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށެވެ.

"މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތެރޭގައި ކުރެވެމުންދަނީ، މިނިސްޓަރު ވަރަށް އިސްކަމެއް ދެއްވާ އެކަމަށް، ދާދިފަހުން އަޅުގަނޑުމެން ބޭއްވި ބައްދަލުވުމެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައާ ގުޅޭގޮތުން ވާހަކަ ދެކެވިފައި މިވަނީ. އަޅުގަނޑުމެން ޔަޤީންކަން ދެން މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ކުރަމުންގެންދާނީ" ޑރ. އަބްދުﷲ ރަޝީދު އަހްމަދު ވިދާޅުވިއެވެ.

ބައެއް ސުކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ލިބުމުގައި އަދިވެސް ދަތިތަކެއް އުޅޭ ކަމަށާއި މިދިޔަ އަހަރު ކުދިން ބޭނުންކުރި ޔުނީފޯމްތައް، ބޭނުންކުރަން މިނިސްޓްރީގެ ފަރާތުން ހުއްދަ ދީފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އަދި  އެކަންތައްތަކަކީ މިނިސްޓްރީން ކުރާ ކަންތައްތަކެއްގެ ބަދަލުގައި ސުކޫލްތަކުން ބިޑުދީގެން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާސްތާ ދިނުމުގެ ޕްރޮގްރާމް 25 ސްކޫލެއްގައި އާދިއްތަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށާއި ރަނގަޅުކުރަން ޖެހޭކަންތައްތައް ބެލުމަށްފަހު، ހުއްޓުމެއް ނެތި ހުރިހާ ސްކޫލެއްގައި އެ ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ތަމްރީން މި އަހަރު ޓީޗަރުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ ކުދިންނަށް ރަނގަޅު އަހުލާޤެއްގެ ތެރޭގައި ބޭނުންވާ އިލްމާއި ހުނަރާ ވަށާޖެހޭ ތައުލީމް ފޯރުކޮށްދިނުން ކަމަށާއި ޑިސްޕްލިން ޕޮލިސީއަށް ބަދަލު ގެންނާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގެ ސުކޫލްތަކަށް މިހާރު ދިމާވެފައިވާ ބޮޑު މައްސަލަލަ އަކީ އެކަށީގެންވާ ލައިބްރަރީގެ ހިދުމަތް ނެތުން ކަމަށެވެ.

"ހަޤީޤަތުގައި ސްކޫލްތަކަށް ދިމާވެފައިވާ ބޮޑު މައްސަލެއް އެކަށީގެންވާ ލައިބްރަރީގެ ހިދުމަތް ނެތުން، އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން މިދަނީ ޑިޖިޓަލް ލާނިންގް ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް، ފެބްރުއަރީ މަސް ނިމެންވާއިރަށް އަޅުގަނޑުމެންނަށް ރަސްމީކޮށް މިކަން ލޯންޗުކުރެވޭނެ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުހައްމަދު

2 މަސް ކުރިން

ތިމީހުން އެކަނި ކުރީމާ އެވީ.. ކޮބާ ސުކޫލް ތަކުގައި އުޅޭ އެހެން މުވައްޒިފުން ހާއްސަ ކޮން މަސައްކަތު މީހުން މަސައްކަތު މީހުން ސުކޫލް ތަކުގައި އުޅެނީ ވަރަށް ބުރަކޮން މަސައްކަތު މީހުންނަށް މުސާރަ ، ހުރިހާ އެލެވެންސް، އިތުރު ގަޑިވެސް ލައިގެން ލިބެނީ 5393 ރުފިޔާ އިތުރުގަޑިވެސް ލިބެނީ މުސާރައިގެ %10 އެއީ 310 ރުފިޔާ އިތުރު ގަޑި ނުލައި ލިބެނީ 5083 ރުފިޔާ

3
0