19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ސަވައިވިންގ އާރް.ކެލީ

އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!

  • 'އައި ބިލީވް އައި ކެން ފްލައި'ފަދަ ލަވަތައް ކިޔާފައިވާ ރޮބަޓް ސިލްވެސްޓަރ ކެލީއަށް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ފުރަތަމަ ކޮށްފައިވަނީ 90ގެ އަހަރުތަކުގައި
އައިޝަތު ޝާނީ | Shaaknee

| 12 ޖެނުއަރީ 2019 | ހޮނިހިރު 22:16 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


އާރް.ކެލީ -- ގެޓީ އިމޭޖާސް

އެމެރިކާގެ 'އާރް އެންޑް ބީ' ލެޖެންޑެއްކަމަށް ގިނަ މީހުން ދެކޭ އާރް.ކެލީގެ މައްޗަށް ކުރެވޭ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކުގެ މައްޗަށް 'ލައިފްޓައިމް'އިން ތައްޔާރުކޮށްފައިވާ 'ސަވައިވިންގ އާރް.ކެލީ' 3 ޖެނުއަރީގައި ވަނީ ރިލީޒްކޮށްފައެވެ.

ހަ އެޕިސޯޑްގެ އެ ޝޯވ ރިލީޒްކޮށްފައިވަނީ އެ ޝޯވ ރިލީޒްކޮށްފިނަމަ، އެ ޝޯވ ތައްޔާރުކުރާ ފަރާތްތައް ގޮވައިގެން ކޯޓަށް ދާނެ ކަމުގެ އިންޒާރު އާރް.ކެލީ ދީފައިވަނިކޮށެވެ.

'އައި ބިލީވް އައި ކެން ފްލައި' ފަދަ ލަވަތައް ކިޔާފައިވާ ރޮބަޓް ސިލްވެސްޓަރ ކެލީއަށް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ފުރަތަމަ ކޮށްފައިވަނީ 90ގެ އަހަރުތަކުގައެވެ. ނަމަވެސް މި ތުހުމަތުތައް ތަހުގީގުކޮށް އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

1994 ވަނަ އަހަރުން ފެށިގެން އޭނާއަށް އެތަކެއް ފަހަރުމަތިން މިފަދަ ތުހުމަތު ކުރެވުނު ނަމަވެސް، މިއަދާ ހަމައަށް އޭނާއަކީ ދާއިރާގައި ކާމިޔާބު ފަންނާނެކެވެ. 'ސަވައިވިންގ އާރް.ކެލީ' ޕްރިމިއަރ ކުރި ފަހުންވެސް އޭނާވަނީ ޝޯވތަކެއް ކުޅެފައެވެ.

'ސަރވައިވިންގ އާރް.ކެލީ'ގައި އޭނާ ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރާ ގިނަ އަންހެނުންގެ އިންޓަވިއު ހިމަނާފައިވެއެވެ. އެ މީހުންނަށް އޭނާ ޖިންސީ އަނިޔާކުރިކަމަށް ތުހުމަތު ކުރަނީ އެ މީހުންގެ އުމުރުން 14، 15 އަދި 16 އަހަރުގައެވެ.

ޝޯވއަށް އިންޓަވިއު ދީފައި ނުވިނަމަވެސް، ލަވަކިޔުންތެރިޔާ އާލިޔާގެ ވާހަކަވެސް އެ ޝޯވގައި ހިމެނެއެވެ. 2001 ވަނަ އަހަރު، ދަތުރު ކުރަމުންދިޔަ ފްލައިޓް ވެއްޓި މަރުވި އާލިޔާއާ އާރް.ކެލީ 1994 ވަނަ އަހަރު ކައިވެނި ކުރިއެވެ. އާލިޔާގެ އުމުރުން އޭރު އެންމެ 15 އަހަރެވެ. އާރް.ކެލީއަށް 27 އަހަރެވެ. އުމުރު އޮޅުވާލައިގެން ކުރި މި ކައިވެންޏާ އާލިޔާގެ މައިންބަފައިން ދެކޮޅެވެ. އަދި 1997 ވަނަ އަހަރު އާއިލާގެ ޕްރެޝަރާއިއެކު އެ ދެ މީހުން ވަކިވިއެވެ.

އާލިޔާ

އާލިޔާއާއި އާރް.ކެލީއާ އެފަދަ އެއްވެސް ގުޅުމެއް ހިނގާފައިވާކަމަށް އާލިޔާގެ މަންމަ ވަނީ ދެކޮޅު ހަދާފައެވެ.  

އާލިޔާ މިއުޒިކީ ދާއިރާއަށް ތައާރަފްވުމުގައި އާރް.ކެލީގެ އެހީތެރިކަން ލިބުނެވެ. އެގޮތުން، އޭނާ ފުރަތަމަ ރިލީޒްކޮށްފައިވާ ލަވައަކީ އާރް.ކެލީ ކޮމްޕޯޒްކޮށްފައިވާ 'އޭޖް އޭންޓް ނަތިންގ ބަޓް އަ ނަމްބަރ' ނުވަތަ ދިވެހިން ބުނާނަމަ 'އުމުރަކީ ހަމަ އެކަނި ނަމްބަރެއް' މި ލަވައެވެ.

90ގެ އަހަރުތަކުގައި އެމެރިކާގެ މިއުޒިކް އިންޑަސްޓްރީއަށް ތަޢާރުފުވި ގިނަ ތަރިންނަށް، ހާއްސަކޮށް ކަޅު ނަސްލުގެ، އާރް.ކެލީގެ މެނޭޖްމަންޓްގެ ފަރާތުން އެހީވާން އެދެމުންދިޔަކަމަށް 'ޑެސްޓިނީސް ޗައިލްޑް'ގެ އޭރުގެ މެނޭޖަރު އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ބައްޕަ މެތިއު ނޯލްސް ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. އަދި 'ޑެސްޓިނީސް ޗައިލްޑް'އާ އެކު މަސައްކަތް ކުރަންވެސް އެދުނުކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން އެކަމަށް ނޫނޭކޭ ބުނީކަމަށް މެތިއު ބުނެފައިވެއެވެ. ބޭންޑްގެ ފުރަތަމަ އަލްބަމް ރިލީޒްކޮށްފައިވަނީ 1998ވަނަ އަހަރެވެ.

'ސަވައިވިންގ އާރް.ކެލީ'އަށް އިންޓަވިއުދިން މީހުންގެ ތެރޭގައި އާރް.ކެލީގެ ބޭބެއާއި ފިރިހެން ކޮއްކޮ ހިމެނެއެވެ. އޭނާ ކުޑައިރު މީހަކު އޭނާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް އާރް.ކެލީ މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކާކުކަމެއް ބުނެފައެއް ނުވެއެވެ. 'ސަވައިވިންގ އާރް.ކެލީ' ގައި އޭނާގެ ކޮއްކޮ ކެރީވެސް މިފަދަ ތުހުމަތުތަކެއް އާއިލާ މެމްބަރަކަށް ކުރެއެވެ.

ޝޯވގައި އެއީ ކާކުކަން ހާމަކޮށްފައި ނުވިނަމަވެސް، ކެރީ މިހާރު ވަނީ އޭނާ ކުޑިއިރު ޖިންސީ ގޯނާ ކުރި ފަރާތް ހާމަކޮށްފައެވެ. އެގޮތުން ކެރީ ބުނީ، އޭނާއަށް ހަ އަހަރާއި އާރް.ކެލީއަށް 10 އަހަރުގައި އެ މީހުންނަށް ޖިންސީ ގޯނާ ކުރީ 16 އަހަރުގެ ދައްތަ ކަމަށެވެ.

'ސަވައިވިންގ އާރް.ކެލީ' ރިލީޒްކުރުމުން ގިނަ ތަރިންތަކެއް ވަނީ އާރް.ކެލީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި، ޖޭޑާ ޕިންކެޓް ސްމިތު، ކީކީ ޕާމަރ، ލޭޑީ ގާގާ، ނީ-ޔޯ، ކާރާ ޑިލެވިން، ކްރިސީ ޓީގަން އަދި ޝޯވއަށް އިންޓަވިއު ދީފައިވާ އާރް.ކެލީއާއެކު މަސައްކަތްކޮށްފައިވާ ޖޯން ލެޖެންޑް ހިމެނެއެވެ.

ގިނަ ބައެއް އޭނާއަށް ފާޑުކިޔަމުންދިޔަ ނަމަވެސް، އާރް.ކެލީގެ ބާރު އަދިވެސް ގަދަކަން އެނގިގެންދިޔައީ ކާރާ އޭނާއަށް ފާޑުކިޔާ ކުރި ޕޯސްޓެއްގެ ސަބަބުން އޭނާއަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 40،000އަށް ވުރެ ގިނަ ފޮލޮވަރުން ގެއްލުމެވެ. އަދި އޭނާގެ ލަވަތަކެއް އަނެއްކާވެސް ދަނީ އެކި ޗާޓްތަކަށް އަރަމުންނެވެ.

އެހެންނަމަވެސް، 'ސަވައިވިން އާރް.ކެލީ'ގެ ސަބަބުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖޯޖިއާގެ ފުލްޓަން ކައުންޓީ ޑިސްޓްރިކްޓްގެ އެޓާނީ އޮފީސްއިން ވަނީ ތަހުގީގު ކުރަންފަށާފައެވެ.

އެތަކެއް އަންހެނުންނެއް ކުރަމުންދާ މި ތުހުމަތުތައް އާރް.ކެލީދަނީ ދޮގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް