19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އަދީބުގެ ބޭސްފަރުވާ

އަދީބުގެ ފަރުވާއާ ގުޅުވައި އެޗްއާރުސީއެމް ހަވާލާދިން ޑޮކްޓަރުގެ ލިޔުމާއި އަސްލާ ތަފާތު!

  • ޑޮކްޓަރ ލިޔުމުގައި ހުރި ބައެއް ބަސް ހުރީ އުނިކޮށްފައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 12 ޖެނުއަރީ 2019 | ހޮނިހިރު 19:06 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


އަދީބުގެ އާއިލާއަށް ޑޮކްޓަރ ދީފައިވާ ލިޔުން - އެޗްއާރުސީއެމް އިން ހަވާލާދިން މި ލިޔުމާއި ތަފާތުތަކެއް ހުރި -- އާކައިވް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އާ ގުޅޭގޮތުން ސަރުކާރުން އިހްމާލްވެފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހަވާލާދިން ޑޮކްޓަރުގެ ލިޔުމުގައިވާ އިބަރާތާއި އޭގެ އަސްލު ލިޔުމުގައިވާ އިބަރާތާ ތަފާތުކަން ހާމަވެއްޖެ އެވެ.  

އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު، ޖަލަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފައާ ޚިލާފަށް ކަމަށް ކަނޑައަޅައި އެޗްއާރުސީއެމް އިން ވަނީ އަދީބުގެ އާއިލާއިން ހުށައެޅި މައްސަލައެއް ނިންމާފައި އެވެ. އެޗްއާރުސީއެމް އިން ބަޔާނެއްގެ ސިފައިގައި އަދީބު އާއިލާއަށް ފޮނުވި އެ ސިޓީގައިވަނީ އައިޖީއެމްއެޗްގެ ޔޫރޮލޮޖީގެ ހާއްސަ ޑޮކްޓަރު "އަދީބު ދެ މަސް ދުވަހު ގޭގައި ހުރުމަށާއި އަދީބު އަވަހަށް ރަނގަޅުވުމަށް ދެ މަސް ދުވަހު ބުރަ މަސައްކަތް ކުރުމަށާއި ސްޓްރެސްފްރީ މާހައުލެއްގައި 6-8 ހަފްތާ ވަންދެން ބަހައްޓަން ޖެހޭ" ކަމަށް ލަފާދިފައިވާ ކަމަށެވެ.  

ނަމަވެސް އެޗްއާރުސީއެމްއިން ހަވާލާދީފައިވާ ޑޮކްޓަރުގެ އެ ލިޔުން ރާއްޖެއެމްވީއަށް ވެސް މިހާރު ވަނީ ލިބިފައި އެވެ. އޭގައި ޑޮކްޓަރު ދީފައިވާ ލަފާ ކަމަށްބުނެ އެޗްއާރުސީއެމްއިން ކޯޓްކޮށްފައި އޮތް ޖުމްލަ އޮތީ ޑޮކްޓަރު ލިޔެފައިވާ އިބަރާތުގައި އޮތް ގޮތަކަށް ނޫނެވެ. އެގޮތުން އަދީބު ދެ މަސް ދުވަހު ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުގެ ލަފާގައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނި ނަމަވެސް ޑޮކްޓަރުގެ އަސްލު ލިޔުމުގައި ލަފާ ދީފައި އޮތީ ދެ މަސް ދުވަސް ވަންދެއް އަދީބު ބުރަ މަސައްކަތާ "ދުރުވާން ޖެހޭ" ކަމަށެވެ.  

އޭގެ އިތުރުން ޑޮކްޓަރުގެ ލިޔުމުގައި އޮތީ ސުޓްރެސް މާހައުލެއްގައި 6-8 ހަފްތާ އަދީބު ބަހައްޓަން "ކޮންސިޑާ" ކުރާ ކަމަށެވެ. ނަމަވެސް އެޗްއާރުސީމްގެ ލިޔުމުގައި ވަނީ ކޮންސިޑާ އިން ބަސް އުނިކޮށްފައި އެވެ.

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މި މަހުގެ ދެވަނަ ދުވަހު ވަނީ އަނެއްކާވެސް ޖަލަށް ބަދަލުކޮށްފަ އެވެ. އެކަމަކު ޖަލުގައި ހުންނަވަނިކޮށް، އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ.

އަދީބު ގޭ ބަންދުން ޖަލަށް ބަދަލުކުރުމާ ގުޅިގެން އެޗްއާރުސީއެމް އިން އާއިލާއަށް ފޮނުވި ސިޓީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ޓުވީޓް ކުރައްވާއިރު އޭގައި ހުރި ވާހަކަތަކާމެދު ކަންބޮޑުވާ ކަންކަން އެބަ ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް މިހާތަނަށް ދީފައިނުވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް