19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ކުޅިވަރު އެސޯސިއޭޝަންތައް

ކުޅިވަރު އެސޯސިއޭޝަންތަކުގައި ތިއްބެވީ ޝަވީދު ބޭނުންފުޅުވާ ބޭފުޅުން: ބައްސާމް

  • މިއަދު އެފްއޭއެމް ތެރޭގައި ހިނގާ އެއްވެސް ކަމެއް ޝަވީދުއަށް އެނގިވަޑައިނުގަންނަވާނެ
ލީވާން އަލީ | MrLeevaan

| 12 ޖެނުއަރީ 2019 | ހޮނިހިރު 12:11 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


ޝަވީދު (ކ) އަދި ބައްސާމް (ވ) -- ސަން

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ރައީސުންނަށް ތިއްބެވީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ބޭނުންފުޅުވާ ބޭފުޅުންކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ ރައީސުންނަށް އިންތިހާބުވެފައި ތިއްބެވި ބޭފުޅުންނަކީ ޝަވީދުގެ އެއްބާރުލުމާއެކު އިންތިހާބުވެފައި ތިއްބެވި ބޭފުޅުން ކަމަށާއި، އެސޯސިއޭޝަންތަކުގެ ރައީސުންނަށް ގެންނަވާފައި ތިއްބެވީ ޝަވީދު ބޭނުންފުޅުވާ ބޭފުޅުން ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، ދެފަހަރެއްގެ މަތިން އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ޝަވީދު އިންތިހާބުކުރައްވާފައިވަނީ އެބޭފުޅާގެ އެއްބާރުލުމާއެކު އެސޯސިއޭޝަންތަކަށް އިންތިހާބުވެފައިވާ ރައީސުންގެ ތާއީދާ އެކުގައި ކަމަށެވެ.

"އިންތިހާބު އޮތް ދުވަހުގެ ސްޕީޗްގައިވެސް ދެންނެވިން ރާއްޖޭގެ ކުޅިވަރުގެ އެންމެ ނުފޫޒްގަދަ ފަރާތަކީ ޝަވީދުއޭ. އެކަން ހަމަ ތަކުރާރުކޮށްލަން. ރާއްޖޭގެ 19 އެސޯސިއޭޝަނެއްގެ ރައީސުންނަށް ތިއްބެވީ ޝަވީދު ބޭނުންފުޅުވާ ބޭފުޅުން. ޝަވީދުގެ އެއްބާރުލުމާއެކު މަގާމަށް އައީ. އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް އިންތިހާބުވީ އެ ރައީސުންގެ ތާއީދާއެކު" ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމް ހިންގުމުގައި ޝަވީދުގެ ނުފޫޒު އޮންނަކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން ބައްސާމް ވިދާޅުވީ، މިއަދު އެފްއޭއެމް ތެރޭގައި ހިނގާ އެއްވެސް ކަމެއް ޝަވީދުއަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި، ނަމަވެސް މަދުން ނަމަވެސް ކަންކަމުގައި ޝަވީދުގެ ހިޔާލު ހޯދާ ކަމަށެވެ.

ބައްސާމް މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ދިވެހި ފުޓުބޯޅަ ސީޒަނުގެ ކަލަންޑަރު އެކުލަވާލުމަށް ކްލަބްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ޝަވީދު ވަނީ ބައިވެރިވެވަޑައިގެން އެ ބައްދަލުވުމުގެ ޗެއާކަން ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ބައްސާމް ބައިވެރިވެވަޑައިނުގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް