19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

މާލެ ސިޓީ ކައުންސިލް

މާލޭ މަގުތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓުތައް ނަގަން ފަށައިފި

  • ކޮންމެ ހަފްތާއަކު އެ މަސައްކަތް ކުރާނެ
ޙުސައިން ޙަސަން | hucenhassan

| 12 ޖެނުއަރީ 2019 | ހޮނިހިރު 10:37 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


ސިޓީ ކައުންސިލް މުވައްޒަފުން ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރަނީ -- އާކައިވް

އާންމުންނަށް އުނދަގޫވާ ގޮތަށް ޕޭވްމަންޓާއި ޕާކިން ޒޯންތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ޕްލެޓުތައް ނެގުމުގެ މަސައްކަތް ހޮނިހިރު ދުވަހު ހެނދުނު ފެށީ ފުލުހުންގެ އިސް ނެގުމަކަށް، ސިޓީ ކައުންސިލުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ދަގަނޑު ޕެލެޓުތަކާއި ލަކުޑި ޕެލެޓުތައް މަގުތަކުގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި ޕެލެޓުތައް ޕާކިން ޒޯންތަކުގައި ބަހައްޓާފައި ހުރުމުން، ޕާކު ކުރާނެ ޖާގަ ގެއްލި، އާންމުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"އެއްވެސް ތަނެއްގައި ޕެލެޓް ބަހައްޓާކަށް ހުއްދައެއް ދީފައެއް ނޯންނާނެ. އަމިއްލައަށް މީހުން ބަހައްޓާފައި ހުންނަ އެއްޗެހި މި ނަގަނީ ޕާކިން ޒޯންތައް އަލުން ރީޑިޒައިން ކުރުމަށް. މި ކަންތައްތަކަށް މަގުފަހިކޮށް ހާދިސާތަކުންނާއި ދުއްވާ އެއްޗެއްސަށް ފަސޭހަވާނެ ގޮތަށް މިތަކެތި މި ނަގަނީ،" އަހުމަދު ނިޔާޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ޕެލެޓުތައް މަގުމަތިން ނެގުމަށް ފުލުހުންނާ އެކު ފަށާފައިވާ މަސައްކަތް ވަކި ދުވަހެއް ނުބަލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ މަގުމަތީގައި ބަހައްޓާފައި ޕެލެޓްތަކުން ތެރެއިން، ސިޓީ ކައުންސިލުން ނަގަނީ ޕޭވްމަންޓާ ވީ ފަޅީފައި ބަހައްޓާފައިވާ ޕެލެޓުތައް ކަމަށެވެ. ޕޭވްމަންޓެއް ނެތި ޕާކިން ޒޯން ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޕެލެޓުތަކެއް ސިޓީ ކައުންސިލަކުން ނުނަގައެވެ.

"ދަގަނޑުވިޔަސް އެލްމިނިއަން ވިޔަސް، ކޮންމެ އެއްޗެއް ވިޔަސް، ވަކި ގިންތިއެއް ވަކި ފަންތިއެއް ނުބަލާ ކޮންމެ ތަނެއްގައި އޮތް އެއްޗެއް ވިޔަސް އެ އޮތީ ގަވާއިދާ ހިލާފަށް. އެހެންވީމަ އެ އެއްޗެހި އަޅުގަނޑުމެން މި ނަގަނީ. ދުވާރު ނެތް މަގުތަކަށް ވަރަށް އަވަހަށް ހައްލެއް ހޯދައިދޭނަން،" މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވާ ޒަމީރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓުތައް ނެގުމަށް ސިޓީ ކައުންސިލުން ފެށި މަސައްކަތް ފަސް ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ. އެ މަސައްކަތުގެ ދަށުން 40 ލޮރީގެ ޕެލެޓުތައް ނަގައި ޓައިސޭ ކޮށްޓަށް ސިޓީ ކައުންސިލުން ވަނީ އެތަކެތި ޖަމާކޮށްފައެވެ.

މާލޭގެ މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައި ވަނީ ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި މިދިޔަ ހަފްތާގައި ބިނދައިގެން ގޮސްފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

7 ދުވަަސް ކުރިން

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ އިންތިގާލީ ރައީސް އަހުމަދު އަދީބު ހޮސްޕިޓަލްގައި އޮންނަވަނިކޮށް އަނބުރާ ޖަލަށް ގެންދިއުމަށް މަސައްކަތްކުރަމުންދާތީ އެމްޓީޑީއިން ކުއްލި ކައުންސިލް ބައްދަލުވުމެއް އައިޖީއެމްއެޗް ގައި ބާއްވައިފިއެވެ.

0
2