21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ސެސް ފެބްރިގާސް

ފެބްރިގާސް މޮނާކޯއަށް ބަދަލުވެއްޖެ

  • ފެބްރިގާސް މޮނާކޯއަށް ބަދަލުވީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން
ލީވާން އަލީ | MrLeevaan

| 12 ޖެނުއަރީ 2019 | ހޮނިހިރު 08:25 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ސެސް ފެބްރިގާސް -- ޓްވިޓަރ

ޗެލްސީއަށް ކުޅެމުން އައި ސްޕެއިންގެ މިޑްފިލްޑަރު ސެސް ފެބްރިގާސް މޮނާކޯއަށް ބަދަލުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ ފެބްރިގާސް މޮނާކޯއަށް ބަދަލުވީ ތިން އަހަރާއި ބައިގެ އެއްބަސްވުމުގެ ދަށުންނެވެ.

މޮނާކޯއަށް ބަދަލުވުމަށްފަހު ފެބްރިގާސް ބުނީ، މިއީ އޭނާގެ ކެރިޔަރުގައި މުޅިން އާ ޕްރޮޖެކްޓެއް ކަމަށާއި، ކްލަބަށް ކުރިއެރުން ހޯދައިދިނުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

މޮނާކޯގެ ކޯޗު ތިއެރީ އޮންރީ އަކީ އާސެނަލްގައި ފެބްރިގާސްއާއެކު ކުޅެފައިވާ ކުޅުންތެރިޔެކެވެ. ފެބްރިގާސް އާއި އޮންރީ ވަނީ އާސެނަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، މޮނާކޯ އޮތީ ކުޅުނު 18 މެޗުން ލިބުނު 13 ޕޮއިންޓާއެކ ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ. އެޓީމު މިހާރު އޮތީ ރެލިގޭޓްވުމާ ގާތުގައެވެ.

ލީގުގައި މޮނާކޯ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އާދީއްތަ ދުވަހުގެ ރޭ ނިކުންނާނީ ރަށުން ބޭރުގައި މާސޭއާ ދެކޮޅަށެވެ. މި މެޗުގައި ފެބްރިގާސްވެސް ފެނިގެންދާނެއެވެ.

އާސެނަލް އިން 2003 ވަނަ އަހަރު ކެރިއަރު ފެށި އުމުރުން 29 އަހަރުގެ ފެބްރިގާސް ވަނީ އާސެނަލްއާ އެކު އޭނާ ހޭދަކުރި އަށް ސީޒަނުގައި އެޓީމަށް ކުޅުނު 303 މެޗުގައި 57 ލަނޑު ކާމިޔާބު ކޮށްފައެވެ.

އާސެނަލް ދޫކޮށްލުމަށް ފަހު 2011 ވަނަ އަހަރު ފެބްރިގާސް ވަނީ ބާސާއަށް ބަދަލުވެފައެވެ. އެގޮތުން އޭނާ ވަނީ އެ ޓީމާ އެކު ހޭދަކުރި ތިން ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ވެސް އެޓީމާ އެކު ހޯދާފައެވެ.

ބާސާއާއެކު ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ފެބްރިގާސް ޗެލްސީއަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ.

ފެބްރިގާސް ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު198 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑްކަޕް ކާމިޔާބު ކުރި ފެބްރިގާސް ވަނީ އެ ގައުމަށް ދެ ފަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް