19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ލޭބަރ ޕާޓީ

ލޭބަރ ޕާޓީގެ އިފްތިތާހީ ޖަލްސާ ބާއްވައި ވަގުތީ ލީޑަރޝިޕް ކޮމިޓީ އިންތިޚާބުކޮށްފި

  • އެ ޕާޓީއަކީ މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ވާތުފިޔައިގެ މެދުމިނުގެ ޕާޓީއެއް
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 12 ޖެނުއަރީ 2019 | ހޮނިހިރު 00:36 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


ލޭބަރ ޕާޓި އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- އާކައިވް

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބަރ ޕާޓީ) އުފެއްދުމަށް ބާއްވަންޖެހޭ އިފްތިތާހީ ޖަލްސާ ބާއްވައި، އެ ޕާޓީގެ ވަގުތީ ލީޑަރޝިޕް ކޮމިޓީ އިންތިޚާބުކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި އެ ޕާޓީގެ އިފްތިތާހީ ޖަލްސާގައި ޕާޓީގެ 317 މެންބަރުން ބައިވެރިވެފައިވާއިރު، އެ މެންބަރުންގެ ވޯޓުން ބައެއް ކަންކަން ވަނީ ފާސްކޮށްފައެވެ. އެގޮތުން ޕާޓީގެ ނަމާއި، ކުލަ އަދި ލޯގޯ އާއި ދިދަ ފާސްކޮށްފައިވާއިރު، އެ ޕާޓީގެ ވަގުތީ ލީޑަރޝިޕް ކޮމިޓީއަށް 15 މެންބަރަކުވެސް ވަނީ އިންތިޚާބުކޮށްފައެވެ.

ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއިއެކު އެ ޕާޓީގެ ރަސްމީ ނަމަކަށް 'މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ'، ދިވެހި ބަހުން ކިޔާ އެ ޕާޓީގެ ނަމަކަށް 'ދިވެހި މަސައްކަތްތެރިންގެ ޕާޓީ' އަދި އާންމުކޮށް އެ ޕާޓީއަށް 'ލޭބަރ ޕާޓީ' ކިޔުމަށް ވަނީ ފާސްކޮށްފައެވެ.

އެ ޕާޓީގެ ކުލަތަކުގެ ގޮތުގައި ރަތާއި ކަޅު އަދި ހުދުކުލަ އައްޔަން ކުރުމަށް ފާސްކޮށްފައިވާއިރު، މި ނިންމުމަށް ޖަލްސާގައި ބައިވެރިވި 317 މެންބަރުންގެ ތެރެއިން 314 މެންބަރުން ވަނީ ތާއީދުކޮށްފައެވެ.

ޕާޓީގެ ލޯގޯ އާއި ދިދަވެސް ހިމެނޭގޮތަށް، ޕާޓީގެ އަސާސީ ޤަވާއިދު ފާސްކޮށްފައިވާއިރު، އެ ނިންމުމަށް ޖަލްސާގައި ބައިވެރިވި 317 މެންބަރުން ވަނީ ތާއީދުކޮށްފައެވެ.

ޕާޓީގެ ވަގުތީ ލީޑަރޝިޕް ކޮމިޓީއަށް 15 މީހުން އިންތިޚާބުކޮށްފައިވާއިރު، މި ނަންތައް ފާސްކުރުމަށް ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ގިނަ ވޯޓާއި އެކު އެ ކޮމިޓީއަށް އިންތިޚާބު ވެފައިވަނީ ޢަބްދުލް މަޖީދު އަބްދުލް ކަރީމް އާއި އަޙުމަދު ޝިހާމްއެވެ. މި ދެބޭފުޅުންނަށްވެސް 317 ވޯޓު ލިބުނެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ އާލާ އިބްރާހިމް ރަޝީދަށެވެ. އޭނާއަށް 316 ވޯޓު ލިބުނެވެ.

ކޮމިޓީއަށް އިންތިޚާބުވެވަޑައިގަތް މައުރޫފް ޒާކިރް އާއި ޒިޔާދު ރަޝާދު އާއި މުޙައްމަދު ޞާދިޤަށް 315 ވޯޓު ލިބުނުއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ އަލްއުސްތާޛް ޢަބްދުﷲ ހަސީންއަށް ލިބިފައިވަނީ 314 ވޯޓެވެ.

މީގެ އިތުރުން އިބްރާހިމް މުޖުތަބާ، މުޙައްމަދު ފުރުޤާން އަދި އައިމިނަތު ޝާހީއަށް 313 ވޯޓު ލިބުނުއިރު، އާދަމް ޝިފާއުއަށް ލިބިފައިވަނީ 312 ވޯޓެވެ. އަދި ކޮމިޓީއަށް އިންތިޚާބުވި ހިންނަ ޚާލިދު، އަލީ އަކްރަމް އަދި އަލީ ނާޒިމްއަށް 310 ވޯޓު ލިބިފައިވާއިރު، ޝަމްޝީރް ރިލްވާންއަށް ލިބިފައިވަނީ 305 ވޯޓެވެ.

މި ހަފްލާގައި އެ ޕާޓީއާއި ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ބައެއް ޖަމިއްޔާތާއި އެކު ވަނީ އެއްބަސްވެފައެވެ. އެ ޖަމިއްޔާ ތަކަކީ، ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)، ޓީޗަރޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ދިވެހި ސީފެއަރރަރ އެންޑް ލޭބަރ ޔޫނިއަން، ޝިން އެޓްމީ މޯލްޑިވްސް އަދި މޯލްޑިވްސް އައިޑިއަލް ސްކޫލްސް ސޮސައިޓީއެވެ.

ލޭބަރ ޕާޓީން ބުނީ އެ ޕާޓީއަކީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ހަރަކާތާ ސޯޝަލް ޑިމޮކްރަސީ އަދި ޝޯޝަލް ޖަސްޓިސްގެ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ، ވާތުފިޔައިގެ މެދުމިނުގެ (ސެންޓަރ ލެފްޓް) ސިޔާސީ ފިކުރުގެ ޕާޓިއެއް ކަމަށާއި، މި ބައިނަލްއަޤުވާމީ އުސޫލުތައް ކުރިއަރުވާނީ އިސްލާމީ އުސޫލުތަކާ ފުށޫ ނާރާނޭ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ސިޔާދަތަށް ލޮޅުން ނާރާނެ ފަދައިން ރާއްޖޭގެ އިޤުތިޞާދާއި، މުޖުތަމައު އާއި ގުޅޭގޮތަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް