19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އެމްޑީޕީ ޕްރައިމަރީ

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑިއުޓީ ނިންމާފައި އާއިލާ ކައިރިއަށް ދެވޭނެ ގޮތް ހަދައިދޭނަން: ރައީސް ނަޝީދު

  • ނައިފަރާއި މަޑިވަރު އަދި ހިންވަރު ގުޅާލެވޭނެ ކަމަށް ވިދާޅުވި
  • ރިސޯރޓްތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާނެ
ހައްވާ މުހައްމަދު | @hawwimd

| 11 ޖެނުއަރީ 2019 | ހުކުރު 23:35 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


ހިންނަވަރު ދާއިރާ އަށް ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ހަރަކާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ -- އާކައިވް

19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރިސޯރޓްތަކުގައި މަސައްކަތް ކުރާ ފިރިންނަށް ޑިއުޓީ ނިންމާފައި އަނބިމީހާ ކައިރިއަށް ދެވޭނެ އުސޫލެއް ގާއިމްކޮށްދޭނެ މަޖިލީހަކަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ހިންނަވަރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރާ ޖީހާން މަހްމޫދުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރިސޯރޓްތަކުގައި ވަޒީފާ އަދާކުރަމުން އަންނަ އާއިލާތަކުގެ ފިރިންނަށް، އެ މީހުންގެ އާއިލާއާ އެކުގައި ނިދާލަން ލިބޭނެ އުސޫލްތައް ގާއިމްކޮށްދޭނެ މަޖިލީހަކަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިސޯރޓްތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް މި އުސޫލްތައް ގާއިމްކޮށްދިނުމަށް ރަށްރަށް ރިސޯރޓްތަކާ ގުޅުވެންޖެހޭ ކަމަށެވެ. ރިސޯރޓްތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ރިސޯރޓް ފަހަރުގައި ނިދާކަށް ނުޖެހޭ. ނިދަން ޖެހޭނީ ގޭގައި. ބަނޑަހަގޭގައި ރައްޔިތުން ދިިރިއުޅެން ދޫކޮށްލެވޭކަށް ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސްވެރިކަމަށް ހަމަ މަގު ނުލިބޭ ކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފެލިވަރުގައި މަހަށް އެކަށީގެންވާ އަގެއް ލިބުނު ކަމުގައި ވިޔަސް ރާއްޖޭގެ އެހެން ސަރަހައްދުގައި މަހަށް ހަމަ އަގު ލިބެމުން ނުދާ ކަމަށެވެ. އެހެންކަމުން 19 ވަނަ ރައްޔިތުންެގެ މަޖިލިސް ވެގެންދާނީ މަހަށް ހަމަ އަގު ހޯދައިދޭނެ މަޖިލީހަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

19 ވަަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުން އެދޭ ބަދަލު ފެންނަ މަޖިލީހަކަށް ކަމަށާއި، އެ މަޖިލިސް ވެގެންދާނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ މަޖިލީހަކަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިންނަވަރުގެ ކުރެވިގެންދާނެ އިގްތިސާދީ ހަރަކާތްތަކަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގެސްޓް ހައުސްގެ ވިޔަފާރި ހިންނަވަރުގައި ގާއިމްކުރެވިގެންދާނެ ކަމަށާއި، އެކަމަށް ބޭނުންވާ ސަރަހައްދުތަށް ކަނޑައެޅި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިންނަވަރާއި، ނައިފަރު،އަދި މަޑިވަރު ގުޅުވައިދޭނެ ކަމަށާއި، އެ ކަން ފަސް އަހަރުގެ ތެރޭގައި ކާމިޔާބު ވެގެންދާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތަކަކީ ރަނުން ރަނަށް ފުއްދައިދޭނެ ވައުދުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިއްމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ހުޅުމާލޭގައި ބޭއްވި ޖީހާންގެ ކެމްޕެއިން ލޯންޗްކުރުމުގެ ހަފްލާގައި ވެސް ބައިވެރިވަޑައިގެންފައެވެ. އަދި މިއީ މި ކެމްޕެއިންގައި އެއް ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތެއްގައި ދެ ފަހަރަށް ރައީސް ނަޝީދު ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް