23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

މާލީ ބަޔާން ހުށައެޅުން

މަސްލަހަތު ފުށު އަރާގޮތަށް ދައުލަތުގެ މަގާމުތަކުގައި މީހުން އެބަތިބި: އައިމަން

  • މުޅި ނިޒާމް އަދި ދަނީ އެންމެ ރަނގަޅަށް ކަމަކަށް ނުބުނެވޭނެކަމަށް އައިމަން ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 11 ޖެނުއަރީ 2019 | ހުކުރު 23:21 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު -- އާކައިވް

މަސްލަހަތު ފުށު އަރާގޮތަށް ދައުލަތުގެ މަގާމްތަކުގައި މީހުން އެބަތިބިކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އައިމަން ވިދާޅުވީ، މާލީ ބަޔާންތައް އާއްމުކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށާއި، އެހެންނަމަވެސް ކުރީގެ ސަރުކާރުތަކުގައި ތިބި ކޮރަޕްޓް މީހުން އަދިވެސް މި ސަރުކާރުގެ އިސް މަގާމްތަކުގައި ތިބުމަކީ ކަންބޮޑުވެލައްވާ ކަމެއްކަމަށެވެ.

"ދައުލަތުގެ ނިޒާމްގެ ތެރެއިން ވޭތުވެދިޔަ ސަރުކާރުން ހިނގާފައި ހުރި ކަންކަންވެސް އެބަހުރި. އެ ނިޒާމް އަދިވެސް މުޅިން ބަދަލެއް ނުވޭ. ގާނޫނުތަކެއް މުޅިން އަދި ބަދަލެއް ނުވެ. އިޖުތާއަތްތައް އަދި މުޅިން ބަދަލެއް ނުވެ.އެކަމަކުވެސް ކޮރަޕްޝަން ތުހުމަތުކުރެވުނު ވަރަށް ގިނަ މީހުން މިހާރުވެސް ސަރުކާރުގެ ނިޒާމްގެ ތެރެއިން އެބަތިބި" އައިމަން ވިދާޅުވިއެެވެ.

މިކަންކަން މިހެން ހުރުމާއި އެކު، އަދި މުޅި ނިޒާމް އަދި ދަނީ އެންމެ ރަނގަޅަށް ކަމަކަށް ނުބުނެވޭނެކަމަށް އައިމަން ވިދާޅުވިއެވެ. އެހެންނަމަވެސް ހެއު ސިގްނަލްތަކެއް ފެންނަމުންދާ ކަމަށާއި، އެއާއެކު ކޮންމެހެން ރަނގަޅުކުރަން ޖެހޭ ކަންކަންވެސް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި، މި ސަރުކާރުން ކޮރަޕްޝަން ފަޅާއަރުވާ ފަރާތްތަކަށް ހިމާޔަތް ދިނުމަށް "ވިސުލްބްލޯވާ ޕްރޮޓެކްޝަން" ގާނޫނެއް މަޖިލީހަށް ވައްދައި، ދައުލަތުގެ އެންމެ އިސް ބޭފުޅުން އެބޭފުޅުންގެ މާލީ ބަޔާތްތައް އާއްމުކުރުމަކީ، އެ އަމަލު ހުއްޓުވުމަށް އެޅި ފުރަތަމަ ފިޔަވަޅުގެ ގޮތުގައި އައިމަން ފާހަގަކުރެއްވިއެެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ތެރެއިން ވޭތުވެދިޔަ ސަރުކާރުގައި ފެނިގެން ދިޔަ ނިޒާމީ ގޮތުން ގަބޫލު ނުކުރެވޭ ކަންކަން މި ސަރުކާރުން ބަދަލު ކުރާނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި އެކަންކަން ރަނގަޅުވެގެން ދިއުންކަމަށެވެ.

"ސަރުކާރު ބަދަލުވިޔަސް ނިޒާމް އަދި ބަދަލެއް ނުވޭ. ދައުލަތުގެ ކުންފުނިތަކާއި ވުޒާރާތަކާއި، ސިވިލް ސާވިސްއާއި އަދި މަޖިލީހާއި ފަނޑިޔާރުގެތަކާއި މި ހުރިހާ ފަރާތްތައް ހިމެނޭގޮތަށް ނިޒާމް ރަނގަޅު ނުވާނަމަ އަދިވެސް ކޮރަޕްޝަނަށް މަގުފައިވާނެ" އައިމަން ވިދާޅުވިއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

1ހާލާތު

2 މަސް ކުރިން

އިކޮނޮމިކް މިނިސްޓަރ އިސްތިއުފާދޭންޖެހެ

0
0