21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

މާލެ ސިޓީ ކައުންސިލް

މާލޭ ސީޓީ ކައުންސިލްގެ އޮފީހެއް ހުޅުމާލެގައި ގާއީމް ކުރަނީ

  • ކުނި ނައްތާލުމުގެ މަސައްކަތް ވަރަށް ގާތުން ބަލަމުންދޭ
  • ހުސްޖާގައިގެ ޕާކް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
  • 1000 ގަސް އިންދާނެ
އަލީ ސަމާޚް | AliSamah8

| 11 ޖެނުއަރީ 2019 | ހުކުރު 21:54 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


މާލެ ސިޓީ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ރާއްޖެ ޓީވީގެ ''100 ދުވަސް'' ޕްރޮގްރާމްގައި -- ރާއްޖެއެމްވީ

މާލެ ސިޓީ ކައުންސިލްގެ އޮފީހެއް ހުޅުމާލޭގައި ވަރަށް އަވަހަށް ގާއިމް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕީއުޓީ މޭޔާރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ''100 ދުވަސް'' ޕްރޮގްރާމްގައި ޝަމާއު ވިދާޅުވީ، ސިޓީ ކައުންސިލާއި ބާރުތައް ހަވާލު ކުރުމާއި އެކު އެންމެ ބޮޑަށް އިސްކަން ދީގެން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލެ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުން ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ދިނުމަށްޓަކައި މާލެ ސިޓީގެ ކައުންސިލެއްގެ އޮފީހެއް ހުޅުމާލޭގައި ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އެ އޮފީހުގެ ދަށުން ހުޅުމާލޭގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭއަށް ދިމާވެފައިވާ ކުނި ނައްތާލުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި ބެހޭ ގޮތުން ޝަމާއު ވިދާޅުވީ، ވެމްކޯއާ ކައުންސިލާއި ދެމެދު ހެދިފައިވާ އެގްރީމެންޓްގެ ދަށުން ކުނި ނައްތާލުމުގެ މަސައްކަތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން ވެމްކޯއާ އެކު މަޝްވަރާ ކުރެވިގެން އެންމެ އެކަށީގެންވާ ގޮތަށް އެކަންވެސް ކުރިޔަށްދާ ކަމަށެވެ.

ޕާކިން އަކީ މާލޭ ގައި އިންތިހާ އަށް ބޮޑު ވެފައިވާ މައްސަލަޔަކަށް ވެފައިވާއިރު، ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހުސްޖާގަ ބޭނުންކޮށްގެން ޕާކް ކުރާނެ އިންތިޒާމު ހަމަޖައްސައި ދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް  ޝަމާއު ވިދާޅުވިއެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ހައުސިން މިނިސްޓްރީއާ މަޝްވަރާ ކޮށްގެން ބައެއް ސަރަހައްދުތަކުން ޕާކް ކުރުމަށް ޖާގާ ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

''މިހާރު ވާނީ ވެލާނާގެ އިންވެގެން އެހެރަ ހުސްޖާގާ ގައި ގާތްގަޑަކަށް މިހާރު 300 އަށް ވުރެ ގިނަ ސައިކަލު ޕާކް ކުރެވޭނެ ޖާގާ މިހާރު ވާނީ ހަމަޖައްސާފައި. ހަމަ ވަރަށް ރަނގަޅަށް އިންތިޒާމް ކުރެވިގެން.'' ޝަމާއު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގައި އެންމެ ބާރު ބޮޑު ބާޒާރު މަތީ ސަރަހައްދުގައި ވެސް ޕާކް ކުރުމަށްޓަކައި ބޮޑު ޖާގައެއް ހުސްކުރެވިގެން ދާނެ ކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ. 

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ ދުވަސްވަރު ހައުސިން މިނިސްޓްރީން މާލެ އިން ގަސް ކަނޑާފައި ވާތީ އެކަމަށް އިޝާރަތް ކުރައްވާ އެނާ ވިދާޅުވީ، މާލެ ފެހި ކުރުމުގެ މަސައްކަތުގެ ދަށުން މި މަހު އިތުރު ގަސްތަކެއް މާލޭގެ އެކި ސަރަހައްދު ތަކުގައި އިންދަން ހަމަޖެހިފައިވާ ކަމަށާއި، ކުރިއަށް ދެ މަސް ތެރޭގައި 1000 ގަސް އިންދާނެ ކަމަށެވެ.  

''މާލޭގައި ގަސް އިންދުމަށްޓަކައި ވަނީ މިހާރު އޯޑަރު ކުރެވިފައި. މިނިސްޓްރީން ސިޓީ ކައުންސިލަށް ބައިވަރު ގަސްތައް ސޯސް ކޮށްދެއްވަމުން ވަނީ ނިންމާފައި. އަދި އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މި ޖެނުއަރީ މަހު ގަސްތައް އަޅުގަނޑުމެންނަށް ލިބޭނެ. އެހިސާބުން މާލޭގެ ގިނަ މަގުތަކުގައި މާލެ ފެހި ކުރުމަށްޓަކައި ގިނަ ގަސްތަކެއް ޖެހޭނެ.'' އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް