18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ނުރައްކާތެރި އެކްސިޑެންޓް

ސިނާއީ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެ

  • އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށް
  • ފުލުހުން މިހާރު މިމައްސަލަ ތަހުގީގު ކުރަމުން
އަމްނާ އިމާދު | @amnabinthimad

| 11 ޖެނުއަރީ 2019 | ހުކުރު 21:38 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ޕާކު ކޮށްފައި ޓެކްސީގައި ސައިކަލު ޖެހި ހިނގި އެކްސިޑެންޓް -- ޓްވިޓަރ

މާލޭގެ ސިނާއީ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ސިނާއީ ސަރަހައްދުގެ ޕެޓްރޯލް ޝެޑް ކައިރިން އިރުއޮއްސި 6:00 ހާއިރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މިހާދިސާ ހިނގީ ޕާކުކޮށްފައި އޮތް ކާރެއްގައި ދުއްވާފައިވާ އައި ސައިކަލު ޖެހިގެން ކަމަށް އޮފިސަރު ވިދާޅުވިއެވެ. 

މީގެ އިތުރުން އޮފިސަރު މިއެކްސިޑެންޓުގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ. 

މިއަދު ހިނގި މިއެކްސިޑެންޓުގެ ޓެކްސީގެ ކުރީކޮޅުން ބައެއް ވަނީ ހަލާކުވެފައެވެ. އަދި ޒުވާނާ ދުއްވާފައި ދިޔަ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއްވެ، ސައިކަލްގެ ފުރޮޅާއި ކުރީކޮޅު ވަނީ ފުނޑުފުނޑުވެފަ އެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް