21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ސުކޫލް ސާމާނު

އެންމެ ފަހު ވަގުތު ބުކްޝޮޕްތަކާއި ޔުނީފޯމް ވިއްކާ ތަންތަނަށް ބާރު ބޮޑުވެއްޖެ!

  • ސުކޫލަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރަތަކަށް ބާރު ބޮޑުވާނެތީ ސުކޫލް ބަންދާ ދިމާކޮށް ޕާޓްޓައިމަށް މީހުން ވަޒީފާތަކަށް ނަގާ
  • ރާއްޖޭގައި ޖުމްލަ 213 ސުކޫލެއް ހިންގާ
ސިމާހާ ނަސީމް | sim_kamana

| 11 ޖެނުއަރީ 2019 | ހުކުރު 18:58 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  6. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  7. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ
  8. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ


މިދިޔަ އަަހަރު ސުކޫލްތަކުގެ ދިރާސީ އާ އަހަރު ފެށުނުއިރު -- ފޮޓޯ: މުހައްމަދު ޝަރުހާން

ސުކޫލްތައް ހުޅުވެން ދެ ދުވަހަށްވެފައިވާއިރު ބުކްޝޮޕްތަކާއި ޔުނީފޯމް ވިއްކާ ފިހާރަތަކަށް ބާރު ބޮޑުވެއްޖެއެވެ. ސްކޫލް ބަންދާ ދިމާކޮށް އާންމު ގޮތެއްގައި ރަށްރަށުން މީހުން ދަތުރު ހަދާފައި މާލެ އާދެއެވެ. އެއީ ކުދިން ސުކޫލަށް ބޭނުންވާ ސާމާނު ހޯދުމަށެވެ.

ބުކްޝޮފްތަކާއި ޔުނީފޯމް ވިއްކާ ތަންތަނުގެ އިތުރުން ސުކޫލަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރަތަކަށް ބާރު ބޮޑުވާނެތީ ސުކޫލް ބަންދާ ދިމާކޮށް ޕާޓްޓައިމަށް މީހުން ވަޒީފާތަކަށް ނަގައެވެ. އެގޮތުން ސުކޫލް ޔުނީފޯމްތައް ވިއްކާ މާލޭގެ މަޝްހޫރު ފިހާރަ ހުދުމާއިން ބުނީ ހަވީރު ގަޑީގެ އިތުރުން ރޭގަނޑު ގަޑީގައި ފިހާރަ އަށް ގިނަ އަދަދެއްގެ މީހުން އަންނަ ކަމަށާއި ކަސްޓަމަރުންގެ އެންމެ ބޮޑު ޑިމާންޑެއް އޮތީ އަލަށް ސުކޫލަށް ވަންނަ ކުދިންގެ ޔުނީފޯމުތައް ހޯދުމަށް ކަމަށެވެ. މިހާރު ވެސް ބައެއް ސައިޒުތަކުގެ ބެޖްތަކާއި ޓައީތައްް ހުސްވެ، އެ ތަކެތި ފެހުމަށް އޯޑަރު ދީފައިވާ ކަމަށް ހުދުމާއިން ބުންޏެވެ.

އެމްސެވަން ބުކްޝޮޕުން ބުނީ ފާއިތުވެދިޔަ ތިން ދުވަހު ވަރަށް ގިނަ އަދަދެއްގެ ކަސްޓަމަރުން ފޮތްތައް ނެގުމަށްޓަކައި އައިސްފައިވާ ކަމަށާއި ގިނަ ކަސްޓަމަރުން ފަހު ވަގުތު މަޑުކުރުމަށްފަހު، އެންމެން އެއްފަހަރާ ފޮތްތައް ނަގަން އައުމުން ބުކްޝޮޕަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށެވެ. އަދި ކައިރި ރަށްރަށުން ހުކުރު، ހޮނިހިރު ދެ ދުވަހު ފޮތްތައް ނެގުމަށްޓަކައި ފެރީތަކުން ދަތުރު ހަދާފައި މާލެ އަންނަ ކަމަށް ވެސް އެމްސެވަން އިން ބުންޏެވެ.

ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް އީވް ގާމެންޓްގެ ފަރާތުން ވިއްކަމުން އަންނައިރު އެކްޓިވިޓީ ޔުނީފޯމްތައް ނުލިބެގެން ބައެއް ބަލެނިވެރިން ވަނީ ޝަކުވާކޮށްފައެވެ. އީވް އިން ރެހެންދި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް މިއަހަރު އަލަށް ވިއްކަން ފަށާފައިވާއިރު އީވް އިން ބުނީ އެކަމާއި ގުޅިގެން ދަތިތަކެއް ހުރެދާނެ ކަމަށާއި ބައެއް ސައިޒްތައް މިހާރު ވެސް ހުސްވެފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަސް ނިމެންވާއިރަށް އެކްޓިވިޓީ ޔުނީފޯމްގެ ހުރިހާ ސައިޒެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ޖުމްލަ 213 ސުކޫލެއް ހިންގާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބުނީ ސްކޫލްތަކަށް ބޭނުންވާ އެންމެހާ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ސްކޫލަކަށް ޓީޗަރުން ވެސް ހަމަވެފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ސްކޫލްތަކަށް ބޭނުންވާ ތަކެތި ވިއްކާ ފަރާތްތަކަށް އެންމެ ވިޔަފާރި ރަނގަޅުވާ ދުވަސްކޮޅަކީ ސްކޫލް ބަންދާ ދިމާކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް