18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ފުލުހުންގެ ހިދުމަތް

ތަހުގީގު ކުރުމުގެ ދާއިރާގައި ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި: ސީޕީ ހަމީދު

  • މިދާއިރާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަން
  • ރައްޔިތުންގެ ބައިވެރިވުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދެން
އަމްނާ އިމާދު | @amnabinthimad

| 11 ޖެނުއަރީ 2019 | ހުކުރު 16:41 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- އާކައިވް

ފުލުހުންގެ ތަހުގީގު ކުރުމުގެ ދާއިރާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ސީޕީ ހަމީދު ވިދާޅުވީ ތަހުގީގު ކުރުމުގެ ދާއިރާއަކީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގުޅުންހުރި އަދި އެންމެ މުހިންމު އެއް ޚިދުމަތް ކަމަށެވެ. 

ސީޕީ ހަމީދު ވިދާޅުވީ ތަހުގީގު ކުރުމުގެ ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އަދި ތަހުގީގު ކުރުމުގެ ދާއިރާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ރައްޔިތުންގެ ބައިވެރިވުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

ތަހުގީގު ކުރުމުގެ ދާއިރާގައި ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ސީޕީ ހަމީދު ވިދާޅުވީ ތަހުގީގުގެ ދާއިރާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކު ވެސް ޕްރޮފެޝަނަލްކަމާއެކު މަސައްކުރެއްވުމަށް އެދޭ ކަމަށެވެ. 

މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިންނާއި އެކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް