25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ހުކުރު ޚުތުބާ

އެންމެ ވަރުގަދަ ލޯތްބަކަށް ވާންޖެހޭނީ ރަސޫލާދެކެ ވާ ލޯބި: ޚުތުބާ

  • އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ރަސޫލާދެކެ ލޯބިވާން ޖެހޭނެ
  • ރަސޫލާއަކީ ﷲ ގެ ހަޟްރަތުގަ އެންމެ މަތިވެރި އިިންސާނާ
ލައިޝާ އަހްމަދު | LailaAhmeds

| 11 ޖެނުއަރީ 2019 | ހުކުރު 13:05 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  4. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  5. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  6. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  7. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  8. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ


ހުކުރު ޚުތުބާ -- ފޮޓޯ: ރާއްޖެ އެމްވީ

އެންމެ ވަރުގަދަވާން ޖެހޭނެ ލޯތްބަކީ ކީރިތި ރަސޫލާދެކެ ވާ ލޯބި ކަމަށާއި، ރަސޫލާދެކެ ލޯބިވުމަކީ މާތްﷲ އަށް ކުއްތަންވުމަށް ވެވޭ އަޅުކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ކީރިތި ރަސޫލާ ދެކެ ލޯބި ވުމުގެ މުހިއްމުކަމުގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ރަސޫލާދެކެ ލޯބި ވުމުގެ މުހިއްމު ކަމާއި، އޭގެ ސަބަބުން މުސްލިމުންގެ ދިރިއުޅުމަށް ކުރާނެ ފައިދާގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މީހެއްގެ އަމިއްލަ ނަފްސާއި، އެންމެހައި ކަމަކަށްވުރެ ބޮޑަށް ކީރިތި ރަސޫލާދެކެ ލޯބިވުމަށް ދާންދެން އެ މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ.

" ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސާއި، މުދަލާއި ދަރިންނާއި އަދި އެންމެހައި މީސްތަކުންނަށްވުރެ، ތިމަންކަލޭގެފާނުގެ މައްޗަށް ލޯބިވުމަށް ދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވި ކަމަކަށް ނުވެއެވެ. " ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

އޭގެ އިތުރުން، ކީރިތި ރަސޫލާއަކީ މާތްﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އިންސާނާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

" އެހެން އެއްވެސް މަޚުލޫޤަކަށް ޘަނާގެ ބަސް ވަޙީ ނުކުރައްވާ މިންވަރަށް ﷲ ތަޢާލާ އެކަލޭގެފާނަށް ޘަނާގެ ބަސް ވަޙީކުރައްވާފައިވެއެވެ. މީސްތަކުންގެ ތެރޭގައިވާ އެންމެ މާތް، އެންމެ ޝަރަފުވެރި އެންމެ ތާހިރު، އެންމެ މަތިވެރި އިންސާނާ ކަމުގައި އެކަލޭގެފާނު ވީ ހިނދު، އަޅުގަނޑުމެން އެކަލޭގެފާނު ދެކެ ލޯބި ނުވާންވީ ކީއްވެގެންތޯއެވެ؟ " ޚުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާއަށް އަދަބު އިހުތިރާމް އަދާ ކުރުމުގެ ގޮތުން އެކަލޭގެފާނުގެ ސުންނަތައް ތަބާވެ، އެކަލޭގެފާނަށް ސަލަވާތް ކިއުމުގެ މުހިއްމު ކަމަށްވެސް މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް