25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:18
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:56

ރޮނާލްޑޯގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތު

ރޭޕްގެ ތުހުމަތުތަކާ ގުޅިގެން ރޮނާލްޑޯގެ ޑީއެންއޭ ސާމްޕަލް ދޭން އަންގައިފި

  • ގުޅުން ހިންގީ ގަދަކަމުން ނޫން ކަމަށް ވަކީލު ބުނޭ
  • އެކަން ހިނގާފައިވަނީ 2009 ވަނަ އަހަރު
ލައިޝާ އަހްމަދު | LailaAhmeds

| 11 ޖެނުއަރީ 2019 | ހުކުރު 11:55 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  4. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  5. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  6. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  7. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  8. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ


ކްރިސްޓިއާނޯ ރޮނާލްޑޯ -- ގޯލް.ކޮމް

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓީއާނޯ ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ ރޭޕްގެ ތުހުމަތާ ގުޅިގެން, އޭނާގެ ޑީއެންއޭ ސާމްޕަލް ނެގުމަށް ފުލުހުން ތައްޔާރުވެއްޖެއެވެ. 

ބީބީސީ ސްޕޯރޓަށް މައުލޫމާތު ދެއްވަމުން ރޮނާލްޑޯގެ ޤާނޫނީ ވަކީލު ޕީޓާރ އެސް ކްރިސްޓިއަންސެން ވަނީ ރޮނާލްޑޯގެ ޑީއެންއޭ ސާމްޕަލް ނެގުމަށް އަމުރެއް ނެރިފައިވާ ކަމަށް މައުލޫމާތު ދީފައެވެ. 

އޭގެ އިތުރުން، ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ ގައިން ނެގި ޑީއެންއޭ ރޮނާލްޑޯގެ ޑީއެންއޭ ދިމާވުމަކީ އެކަށީގެންވާ ކަމަށް ކަމަށާއި އޭނާ އެކަން ކުރީ ގަދަކަމުން ނޫން ކަމަށް ދިފާއީ ވަކީލު ވިދާޅުވެފައިވެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ރޮނާލްޑޯއަށް ތުހުމަތު ކުރަމުން އަންނަނީ 2009 ވަނަ އަހަރު އެމރިކާގެ އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތެވެ. އުމުރުން 34 އަހަރުގެ ކެތުރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނަކު ތުހުމަތުކުރާ ގޮތުގައި ރޮނާލްޑޯ އޭނާ ރޭޕްކޮށްފައި ވަނީ އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގައެވެ.

މަޔޯގާ ބުނާ ގޮތުގައި އެކަން ހިނގުމާ އެކު ލަސް ވޭގަސްގެ ފުލުހުންނަށް ހުށަހެޅިއެވެ. ނަމަވެސް އެ ވާހަކަ ނުދެއްކުމަށް ޝަރުތުކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯގެ ފަރާތުން އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދިން ކަމަށް ވެސް މަޔޯގާ ބުނެފައިވެއެވެ.

ޖަރުމަނުގެ މެގަޒިނެއްގައި އެ ވާހަކަތައް ޖެހުމުން ރޮނާލްޑޯ ވަނީ އޭނާގެ އިންސްޓަގްރާމް ލައިވްއެއްގައި އެކަން ދޮގުކޮށްފައެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވެސް ބުނެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް