19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އިލެކްޝަން ކޮމިޝަން

ޕާޓީ ދަރުވާލާފައި އެހެން ޕާޓީއެއް އުފެއްދުމަކީ ސަގާފަތެއް ނޫން: ޝަރީފު

  • ޕީޕީއެމްގެ ލީޑަރޝިޕް އައިޑެންޓިފައި ނުވެދާނެތީ ކަންބޮޑުވޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 11 ޖެނުއަރީ 2019 | ހުކުރު 11:10 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު: ޕީޕީއެމްގެ ލީޑަރޝިޕް އެއްކޮން ޕާޓީ ބަދަލު ކުރުމާމެދު ވާހަކަ ދެއްކެވި -- ފޮޓޯ: މުހައްމަދު ޝަރުހާން

ސިޔާސީ ޕާޓީއެއް ދަރުވާލާފައި އެހެން ޕާޓީއެއް އުފެއްދުމަކީ ރާއްޖޭގެ ސަގާފަތެއް ކަމަށް ޕީޕީއެމް އިން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފައްދެވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ރައްޔިތުންގެމަޖިލީހުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކައަކީ ހަގީގަތާ ހިލާފަށް ދެއްކެވި ވާހަކައެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ ޕާޓީ ދަރުވާލައި ހުރިހާ އިސްވެރިން އެހެން ޕާޓީއެއް އުފެއްދުމަކީ މީގެ ކުރިން ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.

"އެއީ [އަބްދުއްރަހީމް ދެއްކެވި ވާހަކައަކީ] ހަގީގަތާ ހިލާފު ވާހަކައެއް. އެއީ ހާލެއްގައި ރަނގަޅު ވާހަކައެއް ނޫން. ރާއްޖޭގެ ތާރީހުގައި އެއްވެސް ހާލެއްގައި ސިޔާސީ ޕާޓީއެއް  ދަރުވާލާފައި އެހެން ޕާޓީއަކާ ހިސާބަށް ގޮސްފައިއެއް ނެތް" ޝަރީފު ވިދާޅުވި އެވެ.  

އަބްދުއްރަހީމް އިޝާރާތް ކުރައްވަނީ ޑީއާރުޕީއަށް ކަމަށްވިއަސް އެ ޕާޓީގެ ލީޑަރޝިޕް ނެތް ދުވަހެއް އެއްވެސް އިރެއްގައި ނެތް ކަން އޭނާ ވެސް ފާހަގަ ކުރެއްވިއެވެ.

"ރައީސް މައުމޫނު ޑީއާރުޕީގެ ލީޑަރޝިޕް އޭރުގެ ލީޑަރ ތަސްމީންއާ ހަވާލު ކުރެއްވީ. ހަމަ މީޑިޔާގައި ލީޑރޝިޕް ހަވާލުކުރެއްވުމުން ތަސްމީން ހަމަ ގަބޫލުކުރެއްވީ. އެއާ އެކީގައި ތަސްމީން ލީޑަރޝިޕް ދޫކޮށްލެއްވީ ވަގުތީ ލީޑަރެއް ކަނޑައަޅުއްވާފައި އެ ވަގުތީ ލީޑަރ ޕާޓީއާ ހަވާލުވެވަޑައިގެން ނިކުންނެވީ. އެހެންވީމަ ޕާޓީގެ ދަރަންޏަށް ޒިންމާ ނުވާނެ ގޮތައް އެއްވެސް ހާލަތެއް ނެތް،" ޝަރީފު ވިދާޅުވި އެވެ.  

މީގެ އިތުރުން ޝަރީފު ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕް ހިމެނޭ ގޮތައް އިސް ހުރިހާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން ޕާޓީ އާ ޕާޓީއެއް އުފައްދަވައިފިނަމަ ވެދާނެ އެއްގޮތަކީ ޕީޕީއެމްގެ ލީޑަރޝިޕެއް އައިޑެންޓިފައި ނެތުމެވެ. އޭގެ ސަބަބުން ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ނޯންނާނެ ކަމަށާއި އެކަމަކީ އެ ކޮމިޝަނުން ކަންބޮޑުވާ  ކަމެއް ގޮތުގައި ޝަރީފު ފާހަގަ ކުރެއްވިއެވެ.

ޕާޓީގެ ލީޑރޝިޕް އެއްކޮން އެހެން ޕާޓީއެއް އުފެއްދުމަކީ ގާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނެތަސް ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ނެތި ޕާޓީއެއް ދޫކޮށްލާފައި ދިއުމުން އިލެކްޝަންސް ކޮމިޝަނުން އެ ފަރާތައް ޖަވާބު ދާރީ ކުރުވާނެ ގޮތެއް ހޯދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.  

"ޕާޓީތައް ހިންގަންވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގަވައިދެއްގެ މަތިން ކަމަށް ގާނޫނުގައި އެބަ އޮވޭ. އެހެންވީމަ އެ ގަވައިދުގައި އެ ފަދަ ގޮތަކަށް ޕާޓީގެ ލީޑަރޝިޕެއް ނެތި ޕާޓީއެއް، އަދި ޕީޕީއެމްއަކީ ރާއްޖޭގައި އަބާދީ ބޮޑު ޕާޓީއެއް، އެހެންވީމަ ޕީޕީއެމް އެފަދަ ހާލެއްގައި ދޫކޮށްލާފައި ޕީޕީއެމް ވައިގެ ތެރެއަށް ދޫކޮށްލުމުގެ ފުރުސަތު އަޅުގަނޑުމެން ނުދޭނަން،" ޝަރީފު ވިދާޅުވި އެވެ.  

ޕީޕީއެމުން ވަކިވެގެން ޕީޕަލް ނޭޝަނަލް ޕާޓީއަށް ވަނުމަށް ހުށައަޅާފައިވަނީ ކިތައް މީހުން ކަމެއް އަދި ބަލާ ނުލާ ކަމަށާއި ނަމަވެސް އެކަން ޗެކް ކުރުމަށްފަހު އެކަމާ މެދު އެޅޭ ފިޔަވަޅަކީ ކޮބައިތޯ ބައްލަވާނެ ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް