25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:18
މަޣްރިބް 18:18
އިޝާ 19:29

ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ

ލޭބަރ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި

  • 500 އެއްހާ މީހުން ބައިވެރިވާނެ ކަމަށް އަންދާޒާ ކުރޭ
  • ޖަލްސާ ފަށަނީ މިރޭ 8:00ގައި ދަރުބާރުގޭގައި
  • ގިނަ މަސައްކަތްތެރިން ބައިވެރިވާނެ
ޙުސައިން ޙަސަން | hucenhassan

| 11 ޖެނުއަރީ 2019 | ހުކުރު 10:42 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  4. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  5. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  6. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  7. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  8. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ


ރިސޯޓު މުވައްޒަފުންތަކެއް: ލޭބަރ ޕާޓީގައި ގިނައީ ރިސޯޓު މުވައްޒަފުން -- ފޮޓޯ: ރާއްޖެ އެމްވީ

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ދަރުބާރުގޭގައި އެ ޖަލްސާ ފަށާނީ މިރޭ 8:00 ގައެވެ. ލޭބަރ ޕާޓީން ބުނީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި 500 އާއި 400އާ ދެމެދުގެ އަދަދެއްގެ މީހުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި އެ ޕާޓީގެ މެމްބަރަކަށްވުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން މަދުވެގެން 300 މީހުން އެ ބައްދަލުވުމެއްގައި ބައިވެރިވާންވާނެ ކަމަށެވެ. އަދި އެ މީހުންގެ ނަމާއި އެޑްރެހާއި އައިޑެންޓިޓީ ކާޑު ނަމްބަރާއި ފޯނު ނަމްބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެ ކަމަށެވެ.

ލޭބަރ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ގާނޫނީ ވަކީލު އަބްދުﷲ ހަސީން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ހިންގާނެ ލީޑަރޝިޕް ކޮމެޓީއެއް އިންތިހާބު ކުރާނެ ކަމަށެވެ. ލޭބަރ ޕާޓީގައި ރައީސަކު ނުހުންނާނެ ކަމަށާއި ޕާޓީ ހިންގާނީ ލީޑާޝިޕް ކޮމެޓީން ކަމަށް ހަސީން ވިދާޅުވިއެވެ. ލީޑާޝިޕް ކޮމެޓީން، ޗެއަރ އަކާއި ވައިސް ޗެއަރ އެއް އިންތިހާބު ކުރާނެ ކަމަށް ވެސް ހަސީން ވިދާޅުވިއެވެ.

ލޭބަރ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ރާއްޖޭގެ ގިނަ މަސައްކަތްތެރިން ބައިވެރިވާނެ ކަމަށާއި އެގޮތުން މާލޭގައި މަސައްކަތް ކުރާ މަޖޫރީން ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ ކަމާބެހޭ މުވައްޒަފުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާގެ ހުރިހާ ފަރާތްތަކަށް ދައުވަތު ދޭންވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް