25 މާރޗް 2019 | ހޯމަ | 14 ފަސްބަދުރުވަ
18 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:18
މަޣްރިބް 18:18
އިޝާ 19:29

ކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް ރޭވުމުގައި ބައިވެރިވާން 150 ވޮލަންޓިއަރުން ހުށަހަޅައިފި

  • އޭގެ ތެރޭގައި އަންހެނުންވެސް ހިމެނޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 ޖެނުއަރީ 2019 | ހުކުރު 08:38 | |

މަގުބޫލް

  1. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  2. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  3. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  4. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  5. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  6. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
  7. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  8. ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ


ކަޅުވަކަރު މިސްކިތުގެ ބައިތައް ރާވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތުގައި ބައިވެރިވުމަށް 150 ވޮލަންޓިއަރުން ނަން ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތާރިގު ވިދާޅުވީ ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ބައިވެރިވުމަށް ނަންހުށަހެޅި މީހުންގެ ތެރޭގައި އަންހެނުންވެސް ހިމެނޭ ކަމަށެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒު ކައިރީގައި ހުންނަ ދިރާގު އޮފީސް ކުރިން ހުރި ބިމުގައެވެ. އެ ތަނުގައި އެ މިސްކިތް ބެހެއްޓެވުމަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ކަޅުވަކަރު މިސްކިތް މިހާރު ބަހައްޓަން ކަނޑައަޅާފައިވާ ތަނާމެދު ދީނީ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ، އެކަމާމެދު ވިސްނައި މަޝްވަރާ ކުރަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ވިދާޅުވެފައެވެ.

ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގާފައި ވަނީ، 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެ މިސްކިތް ނެގުމަށްފަހު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެތަނުގައި ވިންޓަ ޕާކެއް އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް